ޝަރީފް ވިދާޅުވީ، މިހާތަނަށް ބަންދު ކޮށްފައިވަނީ ރިސޯޓެއްގައި ބަހައްޓާފައިވާ ފޮއްޓެއް ކަމަށެވެ.
އެގޮތުން ބަންދު ކުރީ ޑައިމަންޑް ރިސޯޓުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ކަމަށާއި، އެ ވޯޓު ފޮއްޓަށް ވޯޓުލާން ހަމަޖެހިފައިވަނީ 17 މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އެ 17 މީހުން ވޯޓުލުމުން ވޯޓު ފޮށި ބަންދު ކުރީކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ޓުވިޓާގައި ހިއްސާ ކުރި މައުލޫމާތައް ބަލާލާއިރު، 713 ވޯޓު ފޮއްޓަށް ވޯޓުލާއިރު، ހުރިހާ ފޮއްޓަކަށް ވޯޓުލާން ވަނީ ފަށާފައެވެ.
މީގެ އިތުރުން މިއަދު 13:40 އަށް ވޯޓުލެވޭ 273،128 މީހުންގެ ތެރެއިން 138،444 މީހަކު ވޯޓު ލާފައިވާ ކަމަށް ޝަރީފް އާންމު ކުރިއެވެ. އަދި މިހާތަނަށް ވޯޓުލެވޭ މީހުންގެ ތެރެއިން %49.31 މީހުން އަދި ވޯޓު ނުލާ ކަމަށް ޝަރީފް ވިދާޅުވިއެވެ.