ads
ވޯޓުލާ މަރުކަޒަކުން މީހަކު ހައްޔަރުކޮށްފި
ވޯޓުލާ މަރުކަޒަކުން މީހަކު ހައްޔަރުކޮށްފިއެވެ. 

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ވިލިމާލެ މުހްޔިއްދީން ސުކޫލުގައި ވޯޓުލުން ކުރިއަށް ދަނިކޮށް ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ކުރުމުން މަސްލަހަތަށްޓަކައި އެ މީހާ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މއަިދު 4:15 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ވެއެވެ. 

އޭގެ ތެރެއިން 5،134 މީހުންނަކީ އިންތިހާބު ފަސްކުރުމުން، މި އަހަރުގެ ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި، 2،264 އަދި އަންހެނުންގެ ކޮމެޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުން ވާދަކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް