ads
ތ.ވޭމަންޑޫ ---
މިދިޔަ މަހު 15ގެ ފަހުން ވޭމަންޑޫއަށް ދިޔަ މީހުން ކަރަންޓީނުވާން އަންގައިފި
ވޭމަންޑުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ނިމިދިޔަ މާޗް މަހުގެ 15 އިން ފެށިގެން ތ. ވޭމަންޑޫގައި އުޅުމަށްފަހު އެހެން ރަށްރަށަށް ދިޔަ މީހުން ވީއެންމެ އަވަހަކަށް އެކަން އެންގުމަށް އެޗްޕީއޭއިން އެދެފި އެވެ.

އެޗްޕީއޭއިން ވަނީ، 15 މާޗް ގެ ފަހުން ވޭމަންޑޫގައި އުޅެފައި އަތޮޅުތެރޭގެ ރަށަކަށް ދިޔަ މީހުން ވީ އެންމެ އަވަހަކަށް އެކަން އެ ރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އެދިފައެވެ.

އެ ތާރީހުގެ ފަހުން ވޭމަންޑޫއަށް ދިޔަ މީހުން، ވޭމަންޑޫއިން އަނބުރާ ރަށަށް އަދި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން އެދެއެވެ. އަދި 10 ދުވަސް ހަމަވުމުން ކޮވިޑަށް ޓޭސްޓު ކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އެ މީހެއްގެ ސާމްޕަލް ނެގުމުގެ ކަންކަން ހަމަޖައްސަން ޖެހޭނީ އެމީހަކު ހުރި ރަށެއްގެ ހޮސްޕިޓަލުން ނުވަތަ ހެލްތު ސެންޓަރުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން 15 މާޗްގެ ފަހުން ވޭމަންޑޫއިން މާލެ އައި މީހުން މާޅެ ހިޔާ ކައިރީ ހުންނަ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި އެ މީހުންގެ ނަތީޖާ ނެގެޓިވްވި ކަމުގައި ވީނަމަވެސް، ވޭމަންޑޫން އަނބުރާ މާލެ އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މިއާއެކު 10 ދުވަސް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ސާމްޕަލް ނަގަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވޭމަންޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ވޭމަންޑޫއިން އިން ބަލިވެގެން މާލެ ގެނައި ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ދެމީހުންނަކީ ވެސް ބަލިވެގެން ހޮސްޕިޓަލުގައި އެއް ވޯޑެއްގައި ފަރުވާ ދެމުން ދިޔަ ދެ މީހުންކަމަށް ވޭމަންދޫ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. 

ވޭމަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހުކުރު ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް