ads
ނޭހާ ކައްކާރު-
ބޮލީވުޑް ފިލްމުތަކަށް ލަވަކިޔައިދީގެން ފައިސާއެއް ނުލިބޭ: ނޭހާ
ބޮލީވުޑްގެ ފިލްމުތައް ގިނަ ފަހަރު ހިޓްވެފަ ހުންނަނީ އެފިލްމުތަކަށްވުރެ ކުރިން އެފިލްމުތަކުގެ ޕްރޮމޯޝަން ލަވަތައް ނިކުމެ އެއަށް ލިބޭ ތަރުހީބެއްގެ ބޮޑުކަމުންނެވެ. އެ ލަވަތައް ވެފަ ހުންނަނީ ފިލްމުގެ އާންމުދަނީ އާއި ފިލްމުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އެއްޗަކަށް ވެފައެވެ. ނަމަވެސް ލަވަކިޔާ މީހުންނަ ފިލްމުތަކަށް ލަވަކިޔާ ދީގެން މާބޮޑު މާލީ ފައިދާއެއް ނުލިބެއެވެ.
Advertisement

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކާރު ދާދި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއްގަ ބުނީ ފިލްމުތަކަށް ކިޔާދިން ލަވައެއް ކިތަންމެ ހިޓް ވިޔަސް އެޔަކުން އެމީހުންނަށް ލިބޭ ފައިސާއެއް ނޯންނަ ކަމަށެވެ. 

ނެހާ ބުނީ ބައެއް މީހުންނަށް ހީވެފައޮންނަނީ އެމީހުން އެހާ ގިނަ މަޝްހޫރު ލަވަތައް އެއް އަހަރެއްގެ ތެރޭގައި ކިޔުމުން އެމީހުންނަށް ވަރަށް ބައިވަރު ފައިސާ ލިބޭކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެމީހުންނަށް ފައިސާ ލިބެނީ ލައިވް ޝޯތައް ނެގި ވަރަކަށް ކަމަށް ނެހާ ވަނީ ބުނެފައެވެ.

"އޯ ސާކީ"، "ކާލާ ޗަޝްމާ" އަދި "ގަރްމީ" ފަދަ ސުޕާ ހިޓް ލަވަތައް ގެނެސްދީފަވާ ނެހާ ބުނީ ލައިވް އިވެންޓްތަކުން އެމީހުންނަށް ރަނގަޅު އާންމުދަނީއެއް ލިބޭ ކަމަށެވެ.

ނެހާ މިއުޒިކް އިންޑަސްޓްރީއަށް ތައާރަފްވީ ރެއަލިޓީ ޝޯ އިންޑިއަން އައިޑޮލް 2 އިންނެވެ. އެއަށް ފަހު ޖޯ ޖީތާ ވޮހީ ސުޕާ ސްޓާގެ ސީޒަން އެކަކުން ވެސް ނެހާ ފެނިގެންދިޔައެވެ. 

ނެހާ ވަނީ އިންޑިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައިވެސް ފެނިގެންގޮސްފައެވެ.

5%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
35%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް