ads
މަރިޔަމްގެ ޕޯސްޓަރެއް ---
''މަރިޔަމް'' ފިލްމު މީޑިއާނެޓް މަލްޓި-ސްކްރީނަށް!
މިހާރު ފިލްމު "މަރިޔަމް" މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕުން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓްގެ މަލްޓި-ސްކްރީން އަކީ ބޭނުން ތަނަކުން އެމީހަކު ބަލަން ބޭނުންވާ ޗެނަލް ބެލޭނެ އެޕްލިކޭޝަނެއް ކަމަށް މީޑިއާނެޓުން މައުލޫމާތު ދެއެވެ.

"މަރިޔަމް" އަކީ މީޑިއާނެޓުގެ ފުރަތަމަ އޮރިޖިނަލް ފިލްމުކަމަށްވާއިރު މި ފިލްމަކީ "އެއްކާފު" ގެ އުފެއްދުމެކެވެ. މި ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރު ޔޫޓިއުބް އިން ބެލެން ހުންނާނެއެވެ.

your imageމަރިޔަމްގެ ޕޯސްޓަރެއް ---

މި ފިލްމަކީ ސިޔާސީ ދާއިރާއަށް ނިކުންނަ އަންހެނަކަށް ދިމާވާ ހުރަސްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ސިޔާސީ ދާއިރާއަށް ނިކުތުމާއެކު ދިމާވާ، ގިރާކުރަން ދަތި ހުރަސްތަކެއް މި ފިލްމުގައި ދައްކުވައި ދޭނެއެވެ. 

އެގޮތުން މި ފިލްމުގެ ލީޑް އެކްޓްރެސްއެއްގެ ގޮތުގައި "އެންމެފަހު ވިންދާ ޖެހެންދެން" އިން ވިދާލި ތަރި މަރިޔަމް މަޖްދާ ފެނިގެންދާއިރު، އަހްމަދު ސައީދު ފަދަ ތަޖުރިބާކާރު އެކްޓަރުންވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. 

މަރިޔަމް ފިލްމުގެ ދެ ލަވައެއް ވެސް ވަނީ ނެރިފައެވެ. ނެރެފައިވަނީ "އުންމީދު" އަދި "ހުވަފެން" ކިޔާ ދެ ލަވައެވެ. މި ލަވަތައް މިހާރު އެޕަލް މިއުޒިކް، ސްޕޮޓިފައި، އެމަޒޮން މިއުޒިކް، ޑީޒާ، އަދި ޓިކްޓޮކަށް ވެސް ލާފައިވާކަމަށް މީޑިއާނެޓުން ބުނެއެވެ. 

އިބްރާހިމް ވިސާމް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައި ވަނީ އަހްމަދު ޒަރީރެވެ.

your imageމަރިޔަމްގެ ޕޯސްޓަރެއް ---

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް