ads
ރައީސް ނަޝީދު
ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ!
ހޮނިހިރު ދުވަހު ބޭއްވި 2020 ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގެ މެޖޯރިޓީ ވެރިކަން ކުރާ މިއީ ޕާޓީ އެމްޑީޕީ އިން ކާމިޔާބު ކޮށްފި އެވެ.

އެމްޑީޕީއިން ވަނީ މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ތެރެއިން 617 ގޮޑިއެއް ކާމިޔާބު ކޮށްފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 418 ގޮޑިއެއް ކާމިޔާބު ކޮށްފަ އެވެ. އެހެނިހެން ޕާޓީތަކާ އަމިއްލަ ފަރާތްތަކުން ކާމިޔާބު ކޮށްފައިވާ ގޮޑިތަކަށް ބަލާއިރުގައި 320 ގޮޑިއެއް ވަނީ ކާމިޔާބު ކޮށްފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި 713 ފޮއްޓެއް ބަހައްޓާފައިވާއިރުގައި ހުރިހާ ފޮއްޓެވެސް މިހާރު ވަނީ ގުނާ ނިމިފައި ކަމަށް އީސީގެ ނައިބު ރައީސް ނައިބް ރައީސް އިސްމާއިލް ހަބީބް ސީއެންއެމްއަށް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި މިހާރު ހުރިހާ ފޮއްޓެއް ގުނާ ނިމިފައިވީ ނަމަވެސް ބައެއް މައްސަލަތައް ފާހަގަވެފައިވާ ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

73%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް