ads
ިބީއެމްއެލް އިން އާކްއަށް 100،000 ރުފިޔާ ހަދިޔާކޮށްފި ---
ބީއެމްއެލް އިން އާކް އަށް އެއްލައްކަ ރުފިޔާ ހަދިޔާ ކޮށްފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރަން، އާކް އަށް 100،000 ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ބީއެމްއެލް އިން މައުލޫމާތު ދެމުން ބުނީ، މި އެހީތެރިކަމަކީ ބީއެމްއެލްއިން މުޖުތަމައަށް ދެމުންދާ މާލީ އެހީތެރިކަމުގެ ދަށުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އާކްއަށް ހަދިޔާ ކުރި ފައިސާ ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން މި ފައިސާ ހަދިޔާކޮށްފައިވަނީ އާކުން ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

އާކް އެއިޑް ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދެމުން އަންނަ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ. އަދި މިފަހަރު ބީއެމްއެލްއިން ހަދިޔާކުރި ފައިސާއިން މާލެ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައި ވާކަމަށް، އާކްއާ ހަވާލާދީ ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުވެސް ބީއެމްއެލްއިން ވަނީ ކޮވިޑް 19ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް