ads
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވޯޓު ލައްވަނީ
ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށައިފި
2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާނުކޮށްފި އެވެ.

އެގޮތުން މާލޭ ސިޓީގެ ގިނަ ގޮޑިތައް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރުގައި ފުވައްމުލައް ސިޓީ އަދި ކުޅުއްފުށި ސިޓީ ބޮޑުތަނުން ވަނީ އެމްޑީޕީ ކާމިޔާކޮށްފަ އެވެ.

ކުރިން އެމްޑީޕީގެ ސުޕާ މެޖޯރިޓީއިން ކޮންޓްރޯލް ކުރަމުންދިޔަ އައްޑޫ ސިޓީގެ ގިނަ ގޮޑިތަކެއް އިދިކޮޅު ކޯލިޝަނުން މި ފަހަރު ކާމިޔާބުކޮށްފައި ވެއެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮއްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން  609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް