ނެހާ ސޯޝަލް މީޑިއާގައި ހިއްސާކުރި ފޮޓޯއަކާއިއެކު ކައިވެނި ކުރިތާ ދެމަސްތެރޭ އޭނަ ބަނޑު ބޮޑުވެފައި ހުއްޓާ ފެނުމުން އެކި ގޮތްގޮތަށް ވާހަކަތައް ދައްކަމުން ދަނިކޮށް އެއީ އޭނާއާއި ފިރިމީހާ އެކީ ކުޅޭ ލަވައެއްގެ ފޯސްޓެއްކަން ފަހުން އޭނާ ވަނީ ހާމަކޮށްފައެވެ. އަދި އޭނާ ބަނޑުބޮޑު ނޫންކަންވެސް ޔަގީންކޮށްދިނެއެވެ.
އެފަހުން މިފަހުން އަނެއްކާވެސް ނެހާ މިހާރު އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެކަމަށް ބޮލީވުޑްގެ ހަބަރުތައް މިވަނީ ބުނަން ފަށާފައެވެ. އަދި މިފަހަރު އަސްލު ވެސް ނެހާ ބަލިވެއިންކަން ޔަގީންކޮށްދޭ ވީޑިއޯތަކެއްވެސް ދަނީ ދައުރުވަމުންނެވެ.
މިފަހަރު ވީޑިއޯ ލަވައަކުން ނުވަތަ ޕޯސްޓަރަކުންވެސް ނޫނެވެ. ބޮލީވުޑް ހަބަރުތައް ނެހާ ބަނޑުބޮޑުކަމަށް ބުނަން ފަށާފައިވަނީ، މިފަހުން އެދެމަފިރިން މަގުމަތީގައި ހިނގާފައި ދަނިކޮށް ޕަޕަރާޒީން ނަގާފައިވާ ވީޑިއޯއެއް ދައުރުވާން ފެށުމުންނެވެ.
މި ދެމަފިރިން ކާރަށް އަރަން ދަނިކޮށް ޕަޕަރާޒީން ނަގާފައިވާ މި ވީޑިއޯއިން ފެންނަ ގޮތުން ނެހާ އަދި އޭނާގެ ފިރިމީހާ ވަނީ ކާރަށް އަރަންދިޔަ މަގުމަތީ ފޮޓޯއަށް ވެސް ހުއްޓި ޕަޕަރާޒީންއާއި ވާހަކަވެސް ދައްކާފައެވެ. ނަމަވެސް މާގިނަ އިރަކު މަޑުނުކޮށް ދެމީހުންވަނީ ކާރަށް އަރާފައެވެ.
މި ވީޑިއޯއިން ނެހާގެ ބަނޑު ފާހަގަވާން ހުރިނަމަވެސް އެދެމަފިރިން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ބޮލީވުޑް މަޝްހޫރް ސެލެބްރެޓީންއަކީ މިފަދަ ކަންކަން ވަރަށް ސިއްރުކޮށްގެން އުޅޭ ބަޔަކަށް ވާއިރު ބޮލީވުޑް ހަބަރުތައް ބުނާ ގޮތުން ނެހާ ވަނީ އެދުވަހުވެެސް އޭނާގެ ބަނޑުފޮރުވުމަށް މަސަައްކަތް ކޮށްފައެވެ.