ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ބަޔަކު ވަނީ މިއަދުގެ ވަގުތެއްގައި ހަމަލާދީފައެވެ.
އަދި އޮފީހުގެ ބިލޫރިގަނޑުތަޅާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ ކޮންބަޔެއް ކަަމެއް އަދި ސާފުވާގޮއް ނުވެއެވެ. އަދި މިކަމުގައި އެމްޑީޕީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އެހެންނަމަވެސް އޮފީހަށް ހަމަލާދީ ބިއްލޫރިގަނޑު ތަޅާލާފައިވާކަން އެ ޕާޓީން ސީއެންއެމްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ފޮޓޯތަކުން ފެންނަ ގޮތުން ހަމަލާދީފައިވަނީ ގާގަނޑަކުންނެެވެ.
ފުލުހުން ބުނީ އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ މިއަދު ހަވީރު 16:50 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.