މިފަދަ ސަބަބުތަކަށްޓަަކައި އޭނާއަކީ ގިނަ ބަޔަކު ނަމޫނާ ނަގާ ތަރިއެކެވެ. ސޯނޫ މިފަހަރު މިވަނީ ފިރިހެނުންނަށް ނަސޭހަތެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
އެގޮތުން ޝޫޓިންއެއްގެ ތެރެއިން ލިބުނު ބްރޭކް ޓައިމްގައި އޭނާ ކައްކާ ތަން ފެންނަ ވިޑިއޯއެއް ހިއްސާކުރަމުން ބުނެފައިވަނީ ކޮންމެ މީހަކުވެސް އަމިއްލައަށް އެމީހެއްގެ ކަންކަން ކުރަން ދަސްކުރަންވާނެ ކަމަށާއި އެއީ ވަކި މީހަކަށް ހާއްސަކަމެއް ނޫން ކަމަށެެވެ.
އަމިއްލައަށް ކައްކާގެން އަމިއްލައަށް މަސައްކަތްކޮށްގެން ހަލާލު ފައިދާ ހޯދުމަށް ސޯނޫ ވަނީ އެދިފައެވެ. އަދި ކެއްކުމަކީ ފިރިހެނުންނަށްވެސް ކުރެވޭނެ ކަމެއް ކަމަށާއި، ފިލްމީ ދާއިރާއިން ކުރިއެރުން ބޭނުންނަނަމަވެސް އަމިއްލައަށް ކައްކަން އެގުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާވަނީ ސިފަކޮށްފައެވެ. އަދި އޭގެ ސަބަބުން ގިނައިން ލާރިލިބޭ ޕްރޮޖެކްޓްތައް ލިބޭ ކަމަށް ވެސް ބުނެފައިވެއެވެ.
ކޮވިޑާ ގުޅިގެން ސޫދު އަންނަނީ ވަރަށް ގިނަ ދާއިރާތަކުގައި މަަސައްކަތް ކުރާ މީހުންނަށް އެހީވަމުންނެވެ. އެގޮތުން ކެއުމާއި ވަޒީފާ ހޯދައިދިނުމުގައި ވެސް ދަނީ އެހީވަމުންނެވެ.
އުމުރުން 46 އަހަރުގެ ސޯނޫ ވަނީ ސިމްބާ އާއި ހެޕީ ނިއު އިޔާ އަދި ދަބަންގްގެ އިތުރުން ރަމައްޔާ ވަސްތަވައްޔާ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.