ads
ބީއެމްއެލްއިން ކުޅުދުއްފުށީގައި ގާއިމްކުރި އާއޭޓީއެމް ސެންޓަރު --- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްއިން ކުޅުދުއްފުށީގައި އޭޓީއެމް ސެންޓަރު އަޕްގްރޭޑުކޮށް ޙިދުމަތްދޭން ފަށައިފި
މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ޕްލޭންގެ ދަށުން ބީއެމްްއެލް އިން ކުޅުދުއްފުށި ސިޓީގައި އަޕްގްރޭޑެޑް ސެލްފް ސާވީސް ބޭންކިންގް އޭޓީއެމް ސެންޓަރެއް ހުޅުވައިފައެވެ.

ކުޅުދުއްފުށީ ބީއެމްއެލް ބްރާންޗްގައި ގާއިމްކޮށްފަިއވާ މި ސެންޓަރުގައި ހިމެނެނީ ފައިސާ ނެންގެވުމާއި، ފައިސާ ޖަމާކުރުމާއި އަދި ޓްރާންސްފާގެ ހިދުމަތް ފޯރުކޮށްދޭ 02 އޭޓީއެމްއެވެ. ކުޅުދުށްފުށީގެ ހުރިހާ ރައްޔިތުންނަށާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް 24 ގަޑިއިރު މި އޭޓީއެމްތަކުން ހިދުމަތް ލިބޭނެއެވެ.

ބީއެމްއެލްގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި މިއަދު 02 ސެލްފް ސާވީސް ބޭންކިންގް ސެންޓަރު ބިނާ ކޮށްފައި އެބަހުއްޓެވެ. އަނެއް ބޭންކިންގް ސެންޓަރު ހުންނާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިމާރާތުގެ ތެރޭގައެވެ.

ދާދި ފަހުން ބީއެމްއެލް އިންވަނީ ހދ. މަކުނުދޫގައި އާ ސެލްފް ސާވީސް ބޭންކިންގް ސެންޓަރެއްގެ އިތުރުން ގދ. ފަރެސްމާތޮޑާގައިވާ އޭޓީއެމް ސެންޓަރު އަލަށް ހުޅުވާފައެވެ. 

20 އަތޮޅުގައި 35 ބްރާންޗް، 69 ސެލްފް ސާވީސް ބޭންކިންގް ސެންޓަރާއި، 130 އޭޓީއެމްއާއި، 200 އެޖެންޓުންނާއި، އަދި އެންމެފަހުގެ އޮންލައިން ބޭންކިންގެ ޙިދުމަތް ފޯރުކޮށްދޭ ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި، ވިޔަފާރަތަކާއި އަދި ރާއްޖޭގެ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިމުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް