ads
މީގެކުރިން ފުލުހުން އަތުލާފައިވާ ދޯންޔަކުން ފެނުނު މިޔަރު އުރަހަތަކެއް -- ފޮޓޯ: ޕޮލިސް
ހިމާޔަތް ކުރެވިފައިވާ ހިސާބުތަކުން މަސްވެރިކަން ކުރާ މީހުނަށް ފިޔަވަޅު އަޅާނަން: އީޕީއޭ
ހިމާޔަތް ކުރެވިފައިވާ ހިސާބުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުނަށް ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭ އިން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު 93/4ގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭ އަށް ލިބޭކަމުގައި ވަނީ އީޕީއޭ އިން ބަޔާންކޮށްފައެވެ. މީގެ އިތުރުން، އަރިއަތޮޅުގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ބޭނުން މަނާކުރެވިފައިވާ ކަނޑުގެ ދިރުންތައް ބޭނުމަށާއި ހިފުމަށް ބޭނުންކުރާ އާލާތްތަކާއި ބާނާފައިހުރި މަހުގެ ބާވަތްތައް ފެނިފައިވާކަމަށް އީޕީއޭ އިން ބަޔާންކުރިއެވެ.

މިފަދަ ސަރަހައްދުތަކަކީ އެސަރަހައްދުތަކުގެ ދިރުންތަކާއި މާހައުލަތައް ރައްކާތެރިކުރުމާއެކު އެސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރަންޖެހޭ ސަރަހައްދުތަކެއްކަމަށް އީޕީއޭއިން ބަޔާންކުރިއެވެ. އަދި މިސަރަހައްދުތައް ހިމާޔަތްކޮށް ބެހެއްޓުމީ ރާއްޖޭގެ އިގްތިޞާދަށާއި ތިމާވެށްޓަށް ގިނަގުނަ ފައިދާތަކެއް ލިބިދޭ ކަމެއްކަންވެސް އީޕީއޭއިން ބަޔާންކުރިއެވެ. އަދި އެއާއެކު މި ސަރަހައްދުތަކުގައި ކުރެވޭ ކަންތައްތަކާއި ނުކުރެވޭ ކަންތައްތައް އޮންނާނީ ގާނޫނަށް ބަރޯސާވެ ކަނޑައަޅާފައިކަމަށްވެސް އީޕީއޭ އިން ބަޔާންުރިއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ހިމާޔަތްކުރެވިފަިއވާ ސަރަހައްދުތަކުން، ދިވެހިރާއްޖޭގެ އާންމު ގަވައިދުގެ ދަށުން މަނާކުރެވިފައިވާ ބާވަތްތަކުން ހިފަމުންދާތީ، އީޕީއޭއިން ކަންބޮޑުވާކަން ބަޔާންކުރިއެވެ. ހަަމައެއާއެކު، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށްވަދެ، މިޔަރު ބާނާކަމުގެ ޝަކުވާއާއި ރިޕޯޓުތައް އަންނަނީ ލިބެމުންކަމަށްވެސް އީޕީއޭއިން ބަޔާންކުރިއެވެ. މިހުރިހާ ސަބަބުތަކާހުރެ، ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުނާމެދު ތިމާވެށީގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ވާހަކެ އީޕީއޭއިން ބަޔާންކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް