ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ:ޓައިމްސް އޮފް އައްޑޫ
އެންމެ ގިނަ "ބިސް އެޅީ" އެމްޑީޕީން!
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރި ބަޔަކާއިމެދު ދެބަސްވެފައިވާ މި ދަނޑުވަޅުގައި މި ބަހުސްތައް އެންމެ ބޮޑަށް ހިގަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް އާއި ދެމެދުއެވެ.
Advertisement

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ހެދި ހާއްޔެއް ކަމަށެވެ. އެގޮތުން ކާޅުގެ ހާއްޔަށް ކޮވެލި ބިސް އަޅާ އުސޫލުން އެމްޑީޕީން ހެދި ހާއްޔަށް އިދިކޮޅުން ބިސް އަޅައިފިކަމަށެވެ.

ނަމަވެސް އިދިކޮޅުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިދިކޮޅު ކޯލިޝަނުގެ ފަރާތުން ވިދާޅުވަމުން ގެންދަވަނީ ހަލި ހެދީ އެމްޑީޕީން ނޫންކަމަށެވެ. 

ހާލީގެ މިލްކުވެރިއެއް ނޭގުނު ނަމަވެސް، ވަގުތީ ނަތީޖާތައް އިއުލާނުކުރުމާއި ހަމައަށް ވެސް އެންމް ގިނަ "ބިސް އެޅީ" ކޮން ޕާޓީއަކުންކަމެއް އަދި ވަނީ ސާފުނުވެފައެވެ. 

މާލޭ ސިޓީގެ ފުލް މެޖޯރިޓީ އަބަދުވެސް ހޯދަމުން އަންނަ އެމްޑީޕީއަށް މިފަހަރު އެ ސިޓީން ކުރިމަތިވި ނާކާމިޔާބީއާއިއެކު "ރައްޔިތުން އެމްޑީޕީއަަށް ނޫނެކޭ ބުނެފި" އަދި "ބޮޑުތަނުން ޕީޕީއެމް އެ ޕާޓީ ބަލިކޮށްފި" ކަމަށް ނޫސްތަކުުގެ ފަލަ ސުރުހީތަކަށްވެސް ދިޔައީ އަރަމުންނެވެ. 

އަދި އިދިކޮޅުންވެސް ދިޔައީ "ރައްޔިތުން މިފަހަރު ތިލަފަތައް ނޫނެކޭ ބުނެ ރުކަށް ވޯޓުދިން" ކަމަށް ބުނެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެއެވެ. އަދި އެކަމުގެ އުފާވެސް ވަރަށް ބޮޑަށް ދިޔައީ ފާޅުކުރަމުންނެވެ. 

އެންމެ ފަހުން ވަގުތީ ނަތީޖާތައް އަންނަ މިންވަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ "އެމްޑީޕީއިން ހެދި ހާއްޔަށް ޕީޕީއެމް އިން ބިސް އަޅައިފި" ކަމަށާއި " ބަލި ގަބޫލުކޮށްފިން" ކަމަށް ވެސް ވިދާޅުވެއެވެ. އަދި އެކމަުގެ ސަބަބުން "ބުޅާ ހެދިގެން ހާލި ވައްޓާލަން ނުދާނަން" ކަމަށްވެސް ވަނީ ބުނެފައެވެ. 

ނަމަވެސް އާންމުވަމުން އަންނަ ޝީޓުތައް ދައްކާގޮތުން އެންމެ ގިނަ "ބިސް އެޅީ" އެމްޑީޕީން ނެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ އިންތިހާބުގެ ވަގުތީ ނަތީޖާތަކަށް ބަލައި އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކެއްގެ މައްޗަށް ބުރަވެއެވެ. 

އެ ނަތީޖާތަކުން ދައްކާގޮތުގައި  އެކި ޕާޓީތަކަށް ކާމިޔާބުކުރެވުނު 1354 ގޮނޑީގެ ތެރެއިން 617 ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ. އޭގެ ތެރެއިން ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވާ ކަމަށް ދައްކަނީ، 418 ގޮނޑިއެކެވެ. 

އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް 263،  ޖޭޕީއަށް 33 ގޮނޑި އެމްޑީއޭއަށް 14 ގޮނޑި، އަދާލަތު ޕާޓީއަށް އަށް ގޮނޑި، އޭގެ އިތުރުން އެމްއާރްއެމްއަށް ކާމިޔާބު ކުރެވިފައިވަނީ ޖުމުލަ 1 ގޮނޑިއެެވެ.

މި ނަތީޖާތަކުން ދައްކާގޮތުގައި އެކި ޕާޓީތަކަށް ކާމިޔާބުކުރެވުނު 1354 ގޮނޑީގެ ތެރެއިން ސިޓީ ކައުންސިލް ފިޔަވައި ހުރިހާ ދާއިރާތަކަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއެވެ. 

އެގޮތުން މި އިންތިހާބުގައި ކައުންސިލުތަކުން ހޮވާ ހަތް ދާއިރާގެ ތެރެއިން ސިޓީ ތަކުގެ މޭޔަރު ކަމުގެ ހަތަރު ގޮނޑީގެ ތެރެއިން ތިން ގޮނޑިއެއް މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ އެމްޑީޕީއަށެއެވެ. ޕީޕީއެމްއަށް ކާމިޔާބު ކުރެވުނީ އެއް ގޮނޑިއެވެ. 

އެހެން ދާއިރާތަކުން ގޮނޑިތައް ކާމިޔާބު ކުރެވިފައިވާ ކަމަށް އެ ޕާޓީން އާއްމުކޮށްފައިވާ ނަތީޖާއިން ދައްކާގޮތް ތިރީގައި ފާހަގަކޮށްލާނަމެވެ. 

ސިޓީ ކައުންސިލް މެންބަރު:

މި ދާއިރާއިން އެމްޑީޕީއަށް 18 ގޮނޑި ލިބިފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ 19 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެނޑިޑޭޓަކަށް ތިން ގޮނޑި ލިބިފައިވާކަމަށް ދައްކައެވެ. އެހެން ޕާޓީއަކަށް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް :

މި ދާއިރާއިން އެމްޑީޕީއަށް 12 ގޮނޑި ލިބިފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ. އެހެން ޕާޓީއަކަށް ގޮނޑިއެއް ލިބިފައެއް ނުވެއެވެ. 

ރަށު ކައުންސިލްގެ ރައީސް: 

މި ދާއިރާއިން އެމްޑީޕީއަށް 66 ގޮނޑި ލިބިފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ 43 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް 263،  ޖޭޕީއަށް 33 ގޮނޑި އެމްޑީއޭއަށް 14 ގޮނޑި، އަދާލަތު ޕާޓީއަށް އަށް ގޮނޑި، އޭގެ އިތުރުން އެމްއާރްއެމްއަށް ކާމިޔާބު ކުރެވިފައިވަނީ ޖުމުލަ 1 ގޮނޑިއެެވެ.

ރަށު ކައުންސިލް މެންބަރުން:

މި ދާއިރާއިން އެމްޑީޕީއަށް 125 ގޮނޑި ލިބިފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ 99 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް 51، ޖޭޕީއަށް 12 ގޮނޑި އެމްޑީއޭއަށް ހަ ގޮނޑި، އަދާލަތު ޕާޓީއަށް އެއް ގޮނޑި، އޭގެ އިތުރުން އެމްއާރްއެމްއަށް ކާމިޔާބު ކުރެވިފައިވަނީ ޖުމުލަ އެއް ގޮނޑިއެެވެ.

ޑްބްލިޔުޑީސީ:

މި ދާއިރާއިން އެމްޑީޕީއަށް 250 ގޮނޑި ލިބިފައިވާއިރު، ޕީޕީއެމްއަށް ލިބިފައިވަނީ 166 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް 106، ޖޭޕީއަށް 12 ގޮނޑި އަދާލަތު ޕާޓީއަށް ހަތަރު ގޮނޑި، އޭގެ އިތުރުން އެމްއާރްއެމް އަދި އެމްޑީއޭއަށް އެއްވެސް ގޮނޑިއެެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި ނަތީޖާތަކަށް ބަލާއިރު މިހާރު އާއްުކޮށްފައިވާ ވޯޓުގެ 45.56 އިންސައްތަ ކާމިޔާބުކޮށްފައިވަނީ އެމްޑީޕީއެވެ. އަދި ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވަނީ 30.87 އިންސައްތަ އެވެ. ޕީޕީއެމްއަށް މި ރޭހުން ކުރި ހޯދިފައިވަނީ ސިޓީ ކައުންސިލުން އެކަނި ކަމަށް މި ނަތީޖާތަކުން ދައްކާއިރު، ޕީޕީއެމްއިން ވަނީ މާލޭ ސިޓީ ކައުންސިލްއަށް އެ ޕާޓީގެ ފަރާތުން ކުރިމަތި 14 ގޮނޑީގެ ތެރެއިން 13 ގޮނޑި ކާމިޔާބު ކޮށްފަ ކަމަް މިހާރުގެ ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ރައީސް ނަޝީދުގެ ރާގު ބަދަލުވެއްޖެ! 

މި ނަތީޖާތައް އާއްމުކުރުމަށްފަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އިންތިހާބުން ބަލިވިކަމަށް ނުބުނެވޭނެ ކަމަށާއި، އެހެންނަމަވެސް ގޯހުންދިޔަ ކަންކަމެއް އެބަހުރި ކަަމަށެއެވެ. އަދި ކުރިން ހޯދިވަރުގެ ކާމިޔާބީއެއް ނުހޯދުނީ އެހެންހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން ކަމަށާއި، އެކަންތައް ބަލައި ފިޔަވަޅު އެޅެންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. 

އެހެންކަމުން އެމްޑީޕީއިން ބުނަނީ އެ ޕާޓީއަށް ރައްޔިތުން ނޫނެކޭ ނުބުނާކަމަށެއެެވެ. އަދި މިފަހަރުގެ އިންތިހާބު ނާކާމިޔާބު ވީކަމަށް ނުދެކޭކަމަށްވެސް އެ ޕާޓީން ބުނެއެވެ. 

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނިމިދިޔަ އިންތިހާބުގައި އެމްޑީޕީއިން ސިޓީ ކައުންސިލްއަށް ވާދަކުރެއްވި 17 ދާއިރާގެ ތެރެއިން މާލޭ ސިޓީގެ 6 ދާއިރާއެއްގެ ވޯޓުފޮށީގެ ޝަކުވާތަކެއް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެމްޑީޕީން އެދެނީ ކޮމިޝަނުން އެކަންކަން ރަނގަޅަށް ބަލައިދިނުމަށް އެ ވޯޓު ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް ކަން ވެސް ފާހަގަކުރެއްވިއެވެ. 

ޕާޓީތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޕާޓީއަކާއިމެދު ދެބަސްވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި އިލެކްޝަން ކޮމިޝަނުގެ ވަގުތީ ނަތީޖާތައް އަދިވެސް ދަނީ އިއުލާން ކުރަމުންނެެވެ. ރަސްމީ ނަތީޖާތައް އިއުލާންކުރެވޭނެ ދުވަހެއް އަދި ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް އާ ކައުންސިލަރުން މަގާމަށް ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މޭ މަހު ބާއްވަން އެލްޖީއޭއިން މިހާރުވަނީ ނިންމާފައެވެ. 

އެމްޑީޕީން ބުނަނީ ރައްޔިތުން އެމީހުންނަށް ނޫނެކޭ ނުނުބުނަކަން ސާފުވަމުން އަންނަކަމަށެވެ. އެއީ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ގިނަ ގޮނޑި ކާމިޔާބުކީ އެޕާޓީންކަމަށް ވާތީއެވެ. މިހެންކަމުން ރައީސް ނަޝީދު ވިދާޅުވާގޮތައް އެންމެ ގިނަ ބިސް އަޅާފައިވަނީ އެމްޑީޕީންނެވެ. 

54%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް