ރިޒްނާ މިހެން ބުނެފައިވަނީ ޝުޖާއުއާ އެކުގައި ރޯދަވީއްލުމެއްގަ ބައިވެރިވެ ފޮޓޯއެއް ހިއްސާކުރަމުންނެވެ.
ރިޒްނާ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުން އެދޭ ބަދަލު ޝުޖާ ކައުންސިލް ކަމުގައި ހުންނަަވައިގެން ހޯދައިދެެއްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އޭނާގެ ފުރިހަމަ އެއްބާރުލުން ޝުޖާއުއަށް ލިބޭނެ ކަމަށް ވެސް ރިޒްނާ ބުނެފައި ވެއެވެ.
ރިޒްނާ އާއި ޝުޖާ ރޯދަވިއްލުމަކަށް ދިޔުމުން ގިނަ ބަޔަކު ދަނީ އެކަމަށް ތައުރީފުގެ ބަސްބުނަމުން ނެވެ.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާ ފުރަތަމަ މެމްބަރަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު ހޮވިފައި ވަނީ ރިޒްނާ ޒަރީރު އާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ.