ads
މާލެ ސިޓީ މޭޔަރު ޝިފާ
ދަފްތަރު އެކުލަވާލާފައި ވާނީ އުސޫލާ އެއްގޮތަށް:ޝިފާ
މާލޭ ދަފްތަރު އެކަލަވާލައިފައި ވާނީ ގާނޫނީ ގޮތުން އެކަން ކުރަން އޮންނަ ގޮތަށް ކަމަށް މާލޭ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޝިފާ މިހެން ވިދާޅުވެފައި ވަނީ "ދަފްތަރު ހުއްޓާލާފައި އޮއްވާ ޝިފާ ވަނީ މި ސަރުކާރުގައި ވެސް އެކަން ކުރިއަށް ގެންދަން ލިޔުމަކުން އަންގާފައި" ކަމަށް މީހަކު ކުރި ޓުވީޓަކަށް ރައްދު ދެމުން ނެވެ.

ޝިފާ ވިދާޅުވެފައި ވަނީ މި ސަރުކާރުން ގަވައިދާ ހިލާފަށް "ވަގުތީ" ކިޔައިގެން ދަފްތަރުގައި މީހުންގެ ނަން ނުހިމަނާ ކަމަށެވެ. އަދި އެކަން ކޮށްފައި ވާނީ ގާނޫނީ ގޮތުން އެކަން ކުރަން އޮތް ގޮތުން ރަށްރަށުން މައުލޫމާތު ގެނެސްގެން ރަށްރަށުގެ ރަޖިސްޓަރީއިން އެ ފަރާތެއްގެ ނަން އުނިކުރުމަށްފަހު ކަމަށެވެ.

ދަފްތަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ދަފްތަރަށް 2018 ވަނަ އަހަރު އިތުރުވެފައިވަނީ 1972 މީހުންނެވެ. ދެން އެންމެ ގިނަ މީހުން ދަފްތަރަށް އިތުރުވެފައިވަނީ ޖެހިގެން އައި 2019 ވަނަ އަހަރުއެވެ. އެއީ 534 މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް