ads
ޝާހު އާއި ގޯރީ---
ޝާހު އާއި ގޯރީގެ ކައިވެންޏަށް 28 އަހަރު، މިއީ ނަމޫނާ ޖޯޑެއް!
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނާއި އޭނާގެ އަންހެނުން ގޯރީ ހާންގެ ކައިވެންޏަށް އިއްޔެ 28 އަހަރު ވެއްޖެއެވެ.
ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނާއި އޭނާގެ އަންހެނުން ގޯރީ ހާންގެ ކައިވެންޏަށް އިއްޔެ 28 އަހަރު ވެއްޖެއެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ވަނަ އަހަރުއެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެދެމީހުން ފުރަތަމަ ދިމާވެފައިވަނީ ދިއްލީ ޔުނިވާސިޓީގައި ކިޔަވަންއުޅުނު ދުވަސްވަރުގައެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައެވެ.

ޝާހު ގޯރީ އާ ކައިވެނިކޮށްފައިވަނީ އޭނާގެ އެންމެ ފުރަތަމަ ފިލްމު "ދީވާނާ"ގެ ނެރުމުގެ އެއް އަހަރު ކުރިންނެވެ. ޝާހު ބުނާގޮތުގައި ގޯރީ އަކީ އޭނާގެ ހުރިހާ ކާމިޔާބެއްގެ ސިއްރެވެ. އަދި ގޯރީ އަބަދުވެސް ވަރަށް ސަޕޯޓިވް ކަމަށް ވެސް ޝާހު ބުނެއެވެ.

އުމުރުން 48 އަހަރުގެ ގޯރީ އަކީ ފާހަގަ ކޮށްލެވޭ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާގެ އަމިއްލަ ޑިޒައިންތައް ފެނިގެންދާ 'ގޯރީ ހާން ޑިޒައިންސް'ގެ ނަމުގެ އަމިއްލަ ފިހާރައެއް މިދިޔަ އަހަރު ހުޅުވާފައިވާއިރު ގޯރީ ވަނީ ގިނަ ބައެއްގެ ގެތައް ޑިޒައިން ކޮށްދީފައެވެ.

ޝާހު އާއި ގޯރީގެ ތިން ދަރިން ތިބެ އެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމް އެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް