ads
ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ ހަފްސީ އަބްދުﷲ
ބަނޑޭރިކޮށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ބަނޑޭރި ކޮށީގައި ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވައިފި އެވެ.
Advertisement

މިމަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށި ސަރަހައްދުގައިހުރި މީހުންނޫޅޭ އެޕާޓްމަންޓަކުން އުމުރުން 30 އަހަރުގެ މީހަކު މަރުވެ ކުނިވެފައި އޮއްވާ ފެނުނީ ފުލުހުންނަށް ބަޔަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓް ބަލާފާސްކުރުމުންނެވެ. 

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މީހާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

އެމީހާ ފެނުނު އެޕާޓްމަންޓަކީ މިވަގުތު އެއްވެސް ބަޔަކު ދިރިނޫޅޭ އަދި ބޭނުން ނުކުރާ އެޕާޓްމަންޓެއް ކަމަށް ޔަގީން ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް