ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު-
އެމްޑީޕީގެ ގައުމީ މަޖިލީހަށް އަމްރު ކުރިމަތިލައްވަން ނިންމަވައިފި
އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލައްވަން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ނިންމަވައިފިއެވެ.

އަމްރު ކުރިމަތިލައްވަން ނިންމަވާފައިވަނީ އެމްޑީޕީގެ ހުވަދޫ ޕްރޮވިންސްގެ ރައީސްކަމުގެ މަގާމަށެވެ. 

މިކަމާ ގުޅިގެން އަމްރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާޓީގެ ދާއިރާތައް އިތުރަށް ވަރުގަދަކޮށް، އިތުރު ކާމިޔާބީތައް ހޯދޭނެގޮތްތައް ވިސްނަންޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި ހުރިހާ ބޭފުޅުން ވެސް އަމްރުއަށް އެއްބާރުލުން ދެއްވުމަށް އަމްރު ވަނީ އެދިވަޑައިގެންފަ އެވެ

އަމްރު އަކީ މިހާރުވެސް އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އެގޮތުން އަމްރު މިވަގުތު ހުންނެވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ރައީސް ކަމުގެ މަގާމުގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާނެކަމަށް ބައެއް ބޭފުޅުން އިއުލާނު ކުރައްވަމުން ގެންދަވާއިރު، އެ އިންތިހާބު ބާއްވާނީ ރޯދަ މަހަށްފަހުއެވެ. 

މި އިންތިހާބަކީ ކޮންމެ ފަސް އަހަރަކުން ކުރިއަށް ގެންދާ އިންތިހާބެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް