ads
ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފު، މޫސުން އެޕް ލޯންޗުކޮށްދެއްވަނީ: އެ އެޕް މެދުވެރިކޮށް މޫސުމާ ބެހޭ މައުލޫމާތު ފަސޭހަކޮށް ބެލޭނެ - ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
މޫސުމާ ބެހޭ ގައުމީ އިދާރާގެ އާ ވެބްސައިޓާއި "މޫސުން" އެޕްލިކޭޝަން އިފްތިތާހުކޮށްފި
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، އެ އިދާރާގެ އާ ވެބްސައިޓާއި މޫސުމީ މައުލޫމާތު ފޯރުކޮށްދޭ "މޫސުން" މޮބައިލް އެޕްލިކޭޝަންގެ އާ ވާޝަން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
Advertisement

އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ އެންވަޔަރްމެންޓް މިނިސްޓަރު އަލީ ޝަރީފެވެ.

"މޫސުން" އެޕް މިހާރު އެޕަލް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އަދި މެޓް އޮފީހުގެ އާ ވެބްސައިޓު ވެސް މިއަދުން ފެށިގެން ބޭނުން ކުރެވޭނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ އިފްތިތާހު ކުރެވިގެންދިޔަ އެޕާއި ވެބްސައިޓްގެ ޒަރީއާއިން ބޭނުންވަނީ އާންމުންނަށް ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ އާންމުން ބޭނުންކުރުމުގައި ލުއިފަސޭހަ، އަދި ދުވަހުން ދުވަހަށް މޫސުމާ ގުޅޭ އެންމެ ސައްހަ އަދި ތަފްސީލީ މައުލޫމާތު ފަސޭހަކަމާއެކު ހޯދޭނެ ފުރިހަމަ ވަސީލަތެއް ފޯރުކޮށްދިނުމަށް" އެޕްލިކޭޝަނާއި ވެބްސައިޓް އިތްތިތާހުކޮށްދެއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މި ބަދަލާއެކު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ މޫސުމީ މައުލޫމާތާއި ނުރައްކާތަކުގެ ކުރީގެ އިންޒާރު އާންމުންނަށް އަވަހަށް އަދި ފަސޭހަކަމާއެކު ލިބިގެންދާނެ އެވެ.

މެޓް އޮފީހުގެ އާ ވެބްސައިޓް މިއަދުން ފެށިގެން އާންމުންނަށް ބޭނުންކުރެވޭނެއެވެ. އަދި "މޫސުން" އެޕްލިކޭޝަންގެ އާ ވާޝަން އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އާންމުންނާއި ދަތުރުފަތުރުކުރާ މީހުންނާއި އެކި ހަފްލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ އެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ވަގުތުން ވަގުތަށް މޫސުމީ ހާލަތު ދެނެގަތުމާއި ދިޔަވަރު ތާވަލުތަކާއި ކަނޑުގެ ހާލަތު އަދި މޫސުމީ ކުއްލި އިންޒާރުތަކުގެ ނޮޓިފިކޭޝަންތައް ބަލާލެވޭނެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް