ads
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް
ޑާޓާ ލީކް އާއި ގުޅިގެން ފޭސްބުކް ގޮވައިގެން ކޯޓަށް
މިމަހުގެ ކުރީކޮޅު އިންޓަނޭޝަނަލް މީޑިއާއަށް ފެންމަތިވި ފޭސްބުކް ޑާޓާ ލީކްގެ މައްސަލައިގައި އެކުންފުނީގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.

ލީކްކޮށްލި 533 މިލިއަން ފޭސްބުކް ބޭނުން ކުރާ މީހުންގެ މައުލޫމާތުތަކުގެ ތެރޭގައި 86،336 ދިވެހިންގެ މައުލޫމާތު ވެސް ހިމެނޭކަމަށް ބައިނަލްއަގުވާމީ ނޫސް އޭޖެންސީތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މިމައްސަލާގައި ޑިޖިޓަލް ޕްރައިވެސީ ގްރޫޕަކުން ޔޫރަޕްގެ ރައްޔިތުންގެ ފަރާތުން ފޭސްބުކް ގޮވައިގެން އަޔަލޭންޑްގެ ކޯޓަކަށް ދާން ވަނީ ނިންމާފައެވެ.

ނަމަވެސް ޑޭޓާ ލީކްއާއި ގުޅިގެން ފޭސްބުކްގެ ތަރުޖަމާނު ބުނެފައިވަނީ ލީކްކޮށްލި ކަމަށް ބުނާ މައުލޫމާތަކީ 2019 ވަނަ އަހަރުތެރޭ ހިންގި ޑާޓާ ލީކްގެ މައުލޫމާތުތައް ކަމަށެވެ. ނަމަވެސް މާކްގެ މައުލޫމާތު ލީކްވެފަވޭތޯ ކުރި ސުވާލަށް ތަރުޖަމާނު ޖަވާބެއް ދީފައެއް ނުވެއެވެ. ފޭސްބުކް އިން ބުނެފައިވަނީ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާނެ ކަމަށާއި ލީކްކޮށްލި ކަމަށް ބުނާ މައުލޫމާތުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އާންމުންނަށް ފެންނަހެން ހުރި މައުލޫމާތުތައް ކަމަށެވެ.

106 ގައުމަކުން ފޭސްބުކް ބޭނުންކުރާ 533 މިލިއަން މީހުންގެ މައުލޫމާތު ލީކްކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމީހުންގެ ފޯނު ނަންބަރާއި އީމޭއިލްގެ އިތުރުން އުފަންތާރީހު ފަދަ މުހިންމު މައުލޫމާތު ވެސް ހިމެނެއެވެ. މައުލޫމާތު ނެގި އަދަދު އިނގޭނެ ގޮތަށް ލިސްޓެއް އާންމުކޮށްފަވާއިރު، އެ ލިސްޓުގެ 68 ވަނައިގަ އޮތީ ރާއްޖެ އެވެ. ރާއްޖެއަށް ނިސްބަތްވާ 86،336 މީހުންގެ މައުލޫމާތު ލީކް ކޮށްފައިވާކަމަށް އެ ލިސްޓުގައި ވެއެވެ.

އިޒްރޭލުގެ ސައިބާ ކްރައިމް އިންޓަލިޖެންސް ފާމަކުން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހެކަރުން މައުލޫމާތު އެއްކުރަމުން ގެންދިޔަ ކަމަށެވެ. 

މިފަދަ މައުލޫމާތުތަކެއް ލީކުވެއްޖެނަމަ، ހެކަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.

.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް