ads
ކުޑަ ކުއްޖަކަށް ފެންދެނީ --- ފޮޓޯ: ގޫގުލް
ޕާކިސްތާނުގައި ފެންމަދުވުމުގެ މައްސަލަ
މޫސުމަށް އަންނަ ގޯސް ބަދަލުތަކާއެކު، ޕާކިސްތާނަށް އައިސްފަިއވާ ފެންމަދުވުމުގެ މައްސަލަ ވެއްޓިގެންދާނީ އިތުރު އަނދަވަޅަކަށް ކަމަށް މާހިރުން ލަފާކުރެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 21 ވަނަ ގަރުނު ނިމުމަކަށް އަޅާއިރު ހިމާލަޔާސް ގްލޭސިއަރު ތަކުގެ ތިން ބައިކުޅަ އެއް ބައި އޮންނާނީ އެއްކޮށް ގެއްލިފައެވެ. މީގެ ސަބަބުން ދެކުނު އޭޝިއާގެ ދެ ބިލިއަން މީހުންނަށް ފެން ސަޕްލައި ނުލިބި ހިނގައިދާން ޖެހުންމީ ކަން ވެގެންދާނެ ގޮތް ކަމަށްވެސް ތަފާސް ހިސާބުތަކަށް ބަރޯސާވެ ލަފާކުރެވެއެވެ. 

ޕާކިސްތާނުގެ އެންމެ އާބާދީބޮޑު ސިޓީކަމަށްވާ ކަރާޗީގައި ފެން ސަޕްލައި މަދުވުމުގެ ސަބަބުން އެތަކެއް ނުރައްކާތެރި އަދި ނާތަހުޒީބު މަންޒަރުތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. ފެނުގެ އިންފްރާސްޓްރަކްޗާ ދަށްވުމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޓެޕް ފެނުގެ ހިދުމަތް މެދުކެނޑިގެން ހޫނު ވޭވުތަކާ ކުރިމަތިލާން ޖެހުން ވަނީ އާންމު ކަމަކަށް ވެފައެވެ.

ބައެއް މީހުން އެމީހުންގެ ގެދޮރަށް ފެން ހޯދުމަށްޓަކައި އެކި ތަންތަނުން ފެނުން ވައްކަންކުރަމުންދެއެވެ. އަދި ބައެއް ފަރާތްތަކުން ބޭނުންޖެހިފައިވާ މީހުންނަށް ބޮޑު އަގުގައި ފެން ވިއްކަމުންވެސް އެބަ ގެންދެއެވެ.

   

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް