ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި މުމްބާއީން ވިހި އޯވަރު ތެރޭ ފަސް ވިކެޓަށް ސަތޭކަ ފަންސާސް ލަނޑު ހެދިއެވެ. ޖަވާބުގައި ކުޅެން ނުކުތް ހައިދަރުއާބާދުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ތިރީސް ހަތް ލަނޑެވެ. މިއީ ހައިދަރުއާބާދު ކުޅުން ތިންވަނަ މެޗެވެ. ތިން މެޗުންވެސް އެ ޓީމުވެފައިވަނީ ބައްޔެވެ.
އެންމެ ފަހުގެ ދެ ސީޒަންގެ ޗެމްޕިއަން، މުމްބާއީން މުބާރާތުގެ ފުރަތަމަ މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޯރު އަތުން ބަލިވިނަމަވެސް ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމުވަނީ މޮޅުވެފައެވެ.