ads
މިނިސްޓަރު ޝާހިދު އަދި ޑަބްލިއުއެޗްއޯގެ އާ މަންދޫބު
ޑަބްލިއުއެޗްއޯގެ އާ މަންދޫބު، މިނިސްޓަރު ޝާހިދުއާއި ބައްދަލުކުރައްވައިފި
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ މަންދޫބު، ޑރ. ނާޒްނީން އަންވަރު، ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދުއާއި ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް އެ ބައްދަލުވުމުގައި ޑރ. ނާޒްނީންވަނީ އެކަމަނާގެ ލެޓާ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު އާއި ޑރ. ނާޒްނީންވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއުއެޗްއޯގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއުއެޗްއޯގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރު ޝާހިދުއާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19އާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރު ޝާހިދުވަނީ ޑަބްލިއުއެޗްއޯއަށް ޝުކުރުދަންނަވާފައެވެ. އަދި މިނިސްޓަރު ޝާހިދުވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ އަދި އިގުތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއުއެޗްއޯއިން އަދާ ކުރާ ދައުރު ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި 1965 އިން ފެށިގެން ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް