ފޮޓޯ:އަވަސް
އެމްޑީޕީން މެމްބާޝިޕް ފޯމު ބަލައިގަތުން ހުއްޓާލައިފި
Share
އެމްޑީޕީގެ މެންބަރަކަށް ވުމަށް ހުށަހަޅާ މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފި އެެވެ.
Advertisement

އެ ޕާޓީން ބުނީ، މިއަދުގެ 14:00 އިން ފެށިގެން މިއަންނަ މެއި މަހުގެ 29ވަަނަ ދުވަހުގެ ނިޔަލަށް އެޕާޓީން މެމްބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެެވެ. އެޕާޓީގެ މެމްބާޝިޕް ފޯމު ބަލައިގަތުން ހުއްޓާލާފައި މިވަނީ އެ ޕާޓީގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު ފަށަން ތައްޔާރުވެފަައިވާތީއެވެ. 

އެ އިންތިހާބު އަންނަ މޭ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާއިރު އެ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުންނެވެ. އެގޮތުން ވޯޓުލެވޭނީ މިއަދާއި ހަމަޔަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ. 

ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު އަންނަ މޭ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސިއިރު މިފަހަރުގެ މި އިންތިހާބަކީ އެ ޕާޓީގެ ސިޔާސީ އިސް ފަރާތްތަކާއިމެދުވެސް ގޮތްތަކެއް ނިންމިގެންދާނެ އިންތިހާބަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. 

މި އިންތިހާބަށް އެކި ދާއިރާތަކަށް އެމްޑީޕީގެ މެންބަރުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް