ads
އައްޒަ އާއި މީރާ
އައްޒަ މީރާއާއި ގުޅުން ކަނޑާލި ސަބަބު ހާމަކޮށްފި
މިކަން ހާމަކޮށްފައިވަނީ އައްޒަ ބައިވެރިވި "ތުންތުންމަތިން" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އައްޒަ ބުނީ އޭނާ އާއި މީރާއާއި ގުޅުން ހީނަރުވީ އޭނާގެ ކުރީގެ ފިރިމީހާ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މީރާ ރަށްޓެހިވި ހިސާބުން ކަމަށެވެ. އެހާ ހިސާބުން ގުޅުން ކަޑާލީ އައްޒަގެ ސަބަބުން އެދެމީހުންގެ ދޭތެރޭގައި މައްސަލައެއް ޖެހެން ބޭނުން ނުވާތީ ކަމަށް އައްޒަ ކިޔައިދިނެވެ. 

އަދި އެގޮތަށް ކަންތައް ކުރީ ކޮންމެހެން މީރާއާއި ރުޅިން ނޫންކަމަށާއި އެކަން އެގޮތަށްކުރީ "މީރާއަށް ކޮންފޯޓް ޒޯން" ދިނުމަށް ކަމަށް ވެސް އައްޒަ ބުންޏެވެ. 

ދެން މީހުން އެއިރުވެސް ކިޔާ ހަސަދައޭ، ޖޭވެއޭ، އެކަހަލަ އެއްވެސް އެއްޗެއް ނެތް، ހަމަ ގައިމުވެސް ފްރޮމް މައި ސައިޑް، އައިޑޯން ނޯ ފްރޮމް ހަ ސައިޑް" މިރާ ބުނެފައިވެއެވެ. 

އައްޒަ މިގޮތަށް ބުނުމުން މީރާވެސް ވަނީ ހިނިގަނޑަކާއިއެކު އޭނާގެ ފަރާތުންވެސް އެކަހަލަ ރުޅިވެރިކަމެއް ނެތްކަމަށް ބުނެފައެެވެ.

your imageއައްޒަ އާއި މީރާ އަދި ޖުމާ 

މީރާއާއި ޖުމާ ރަށްޓެހިވުމުން އައްޒަ ހަސަދަވެރިވެ އެދެމީހުންގެ ދެމެދުގައި މައްސަލަ ޖައްސަން މަސައްކަތްކުރާ ކަމަށް އޭރު އަޑުތައް ފެތުރުނު ނަމަވެސް އައްޒަ ބުނީ އެކަހަލަ އެއްވެސް ކަމެއްނެތް ކަމަށާއި، މީރާ އާއި އޭނާއަކީ އޭގެ ކުރިން ވަރަށް ރަނގަޅު ދެ ރަހުމަތްތެރިން ކަމަށެވެ. އެހެން ނަމަވެސް ދެމީހުންގެ ގުޅުން ކެނޑުނީ ޖުމާއާއި ރަށްޓެހިވުމުން ފެތުރޭ އަޑުތަކުގެ ސަބަބުން ކަމަށް އައްޒަ ބުންޏެވެ. އަދި މިހާރު ގުޅުން ހަމަ ބަރާބަރު ކަމަށް ވެސް އައްޒަ ބުނެފައިވެއެވެ. 

22%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
51%
ވަރަށް ސަލާމް
ކޮމެންޓްސް