ads
މުހައްމަދު ނަޝީދު އަދި މައުމޫން އަބްދުލް ގައްޔޫމް--
މައުމޫނު ވެސް ރައީސް ނަޝީދަށް ފާޑުވިދާޅު ވެއްޖެ
ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅުން ބަދަލެއް ނުކުރެވޭނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެންނެވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އަދި އިރުއިރު ކޮޅުން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.


ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުއްވި މެސެޖުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެދިފައިވެއެވެ. އަދި 

 އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށާއި ސަރުކާރު އުވާލުމަށްވެސް އެދިފަައިވެއެވެ. 

މިކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވަން ބޭނުންވާކަމަށް ވިދާޅުވެ، ފޮނުވި އެ މެސެޖުގައި ނަޝީދު ވަނީ މަޖިލީހުގެ މިހިގަމުންދާ ދައުރު ނިމި މަޖިލިސް އިންތިހާބު ބޭއްވެންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

ރައީސް ނަޝީދު މިގޮތަށް އެދުނުއިރު މަޖިލީހުގައި އިންނަވައިގެން މިހާރުވެސް ރައީސް ނަޝީދު ގައުމު ހިންގެވުމަށް މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެެއެވެ. 

ބަރުލަމާނީ ނިޒާމް ގެނައުމަށް ފެށުނީއްސުރެ ނަޝީދު އަންނަނީ ވަކާލާތު ކުރަމުންނެވެ. ނަޝީދު ވިދާޅުވަނީ ރާއްޖޭގައި އޮންނަން އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

ރައީސް މައުމޫނުގެ އިތުރުންވެސް، ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު އަދި ކުރީގެ ނައިބު ރައީސް ވެސް ވަނީ މިކަމަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ، މިހާރު އޮތް މަޖިލީހަށް ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް