ads
އީސީ
ނިމިދިޔަ އިންތިހާބާ ގުޅޭގޮތުން 208 އަށް ޝަކުވާއެއް ވަނީ ހުށަހެޅިފަ: އީސީ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން 208 ޝަކުވާއެއް ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހެޅިފައި ކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޝަރީފް ވިދާޅުވީ ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ އެއްވެސް ހެއްކެއްނެތް ނުވަތަ މިހާކު "ބުނިބުނި" ގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ޝަކުވާތެކެއް ކަމަށެވެ.

އެހެންނަމަވެސް ޝަކުވާތައް ސްކްރީން ކުރުމަށް ފަހުގައި އީސީން ވަނީ 11 ފޮއްޓެއްގެ 11 ޝަކުވާއެއް ތަފާތު ޔަގީން ކުރުމަށްޓަކައި ކަނޑައަޅާފައި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2020 ގެ ވަގުތީ ނަތީޖާ އިއުލާނުކޮށްވަނީ ނިމިފަ އެވެ.

އަދި މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާންކުރަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. 

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ 713 ފޮށްޓެކެވެ.

އަދި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން  28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރި އެެވެ. އަދި އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ވާދަކުރިއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް