އެގޮތުން އއ. ތޮއްޑޫގައި މި ރޯދަމަހުގައި ހިތްހަމަ ޖައްސާލުމަށްޓަކައި ހަވީރު ވަގުތުގައި އެރަށުގެ ރަށްޔިތުން ކަރާ ދަނޑުތަކުގެ ތެރޭގައި ފިނިބުރު ޖަހަންދާ ކަމުގައި އއ.އަތޮޅުގެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާދަމް ސީއެންއެމްއަށް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ރަށުގެ މަގުތައް ކަނޑާފައި ހުންނަ އިރު މަގުތަކުގެ ވަށައިގެން ހުންނަނީ ދަނޑުތައް ހައްދާފަ އެވެ. އަދި ހަވީރު ދަޅައަށް ނަލަ ހެދިލައިގެން ގިނަ އަދަދެއްގެ ރަށްޔިތުން ދަނޑުތަކުން ކަރާ ބިންނަ މަސައްކަތް ބަލާލަން ދާކަމަށެވެ.
މީގެ އިތުރުން ކަރާދަނޑުތައް ހައްދާ މީިހުންގެ އާއިލާ މީހުން އެ ދަނޑުތަކުން ހަވީރު ގަޑީގައި ކަރާ ބިންނަންދާކަމަށެވެ. އަދި އުފަލާއި މަޖަލުގައި އެ މަސައްކަތް ހުރިހާ އެންމެ އެއްކޮށް ކުރަމުންދާ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރަށްޔިތުން ނުތަނަވަސްކަމެއްގެ ތެރޭގައި އުޅުމަށް ފަހު މި އަހަރުގެ ރޯދަމަހު ގިނަ ބަޔަކު އަންނަނީ ގޭގައި ތިބެން ނުޖެހޭތީ އުފާ ފާޅުކުރަމުން ކަމަށެވެ.