މާމިގިލީގައި ފުލުހުން އޮޕަރޭޝަން ހިންގާފައި ވަނީ މާލެއިން މާމިގިއްޔަށް ދިޔަ ފެރީއަކުން މަސްތުވާރަކެތި އެތެރެކުރަން އުޅުނު ކަމަށް ފުލުހުންގެ އިންޓެލިގެންސަށް މައުލޫމާތު ލިބިގެންނެވެ.
އިއްޔެ ހިންގި މިއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރާއި، 28 އަހަރުގެ ދެ ދިވެހީންނެވެ.
ރަށު ބަނދަރުމަތިން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 77 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
ހޮޅުދޫގައި ހިންގި އޮޕަރޭޝަނުގައި މާލެއިން އެރަށަށް ދިޔަ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.