ވިހި ގްރޭންޑް ސްލޭމް ހާސިލްކޮށްފައިވާ ފެޑެރާ ޓްވިޓާގައި ވަނީ ފްރެންޗް އޯޕަން މުބާރާތުގައި ކުޅެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފައެވެ. އޭނާ ބުނި ގޮތުގައި އަލުން އެނބުރި ކުޅުމަށް މި ވަގުތު އަންނަނީ ތައްޔާރުވަމުންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަނިޔާވި ފެޑެރާވަނީ މި ދިޔަ މުއްދަތުގެ ތެރޭގައި ކަކުލުގެ ދެ އޮޕަރޭޝަނެއް ކޮށްފައެވެ. އަނިޔާގެ ސަބަބުން މި އަހަރު އޮތް އޮސްޓްރޭލިއަން އޯޕަންގައިވެސް ފެޑެރާ ނުކުޅެއެވެ. އެއީ އޭނާގެ ކެރިއަރުގައި އޮސްޓްރޭލިއަން އޯޕަން މުބާރާތް ނުކުޅެވުނު ފުރަތަމަ ފަހަރުވެސް މެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެތުލީޓުގެ މަގާމު ވެސް ހޯދާފައިވާ ފެޑެރާއަށް އަނިޔާވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލްގައި ނޮވަކް ޖޮކޮވިޗް އަތުން ބަލިވި މެޗުގަ އެވެ.
އުމުރުން ތިރީސް ނުވަ އަހަރުގެ ފެޑެރާއަށް، ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަނދި އެތްލީޓުގެ މަގާމު ވަނީ ލިބިފަ އެވެ. ފެޑެރާ ވެގެން ގޮސްފައި ވަނީ މި މަގާމު ހޯދި އެންމެ ފުރަތަމަ ޓެނިސް ކުޅުންތެރިޔާއަށެވެ.