ads
ފޮޓޯ:އިންސްޓަގްރާމް
އައްޒައަށް 32 އަހަރު: އެކަމަކު އަދިވެސް ބޭނުންވަނީ 23 އަހަރުގަ ހުންނަން
މިއަދަކީ މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަގެ އުފަންދުވަހެވެ. ކޮންމެ އަހަރަކުވެސް އައްޒަގެ އުފަންދުވަހަކީ ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. މިފަހަރުވެސް މިދުވަސް އައްޒަވަނީ ނުހަނު ކުލަގަދަކޮށް ފާހަގަކޮށްފައެވެ.

އެގޮތުން އައްޒަގެ އިންސްޓާގައި އުފަންދުވަސް ފާހަގަކުރާ ގިނަ ވީޑިއޯތަކެއް ވަނީ ހިއްސާކޮށްފައެވެ. 

އައްޒަގެ އުފަންދުވަހާއި ގުޅިގެން ގިނަ މީހުން ދަނީ  އޭނާއަށް އުފަންދުވަހުގެ ތަހުނިޔާވެސް ކިޔަމުންނެވެ. 

މި ސެލެބްރޭޝަންގެ ތެރެއިން އައްޒައަށް މިއަދު މިފުރުނީ ކިތައް އަހަރުކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ. އައްޒަވަނީ އޭނާގެ އިންސްޓަގްރާމުގައި އުފާވެރި 23 އަހަރު ކަމަށް ބުނެފައެވެ. އެޔަށްފަހު “ސޮރީ 32” ކަމަށް ވެސް ބުނެފައިވެއެވެ. 

އައްޒަ މިހެންބުނެފައިވަނީ އުފަންދުވަހުގެ ސެލެބްރޭޝަންގެ ތެރެެއިން ވީޑިއޯކޮޅެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ފެންނަނީ 23 ޖަހާފައި ޕާޓީ ބެލޫންއެއް ކައިރީ އައްޒަ ވަރަށް އުފާވެފައި ހުއްޓިލައިގެން ހުއްޓައެވެ. އެހެންނަމަވެސް ފަހުން އެ ބެލޫންގެ އަދަދު 32 އަކަށް ބަދަލުކުރުމުން އައްޒަ ހިތްހަމަ ނުޖެހޭތަން ފެނެއެވެ. އެޔަށްފަހު އަނެއްކާވެސް 23 އަށް ބަދަލުކުރުމުން އައްޒަ ވަރަށް އުފާވެފައި ވަނިކޮށް އަނެއްކާވެސް އެ އަދަދު 32 އަކަށް ބަދަލުކުރާތަން ފެނެއެވެ. 32 އަކަށް ބަދަލުކުރުމުން އައްޒަ ހިތްހަމަ ނުޖެހި އެ 23 ހަށް އިރުއިރުކޮޅާ ބަދަލުކުރާތަން އެ ވީޑިއޯއިން ފެނެއެވެ. 

your imageފޮޓޯ:އިންސްޓަގްރާމް

ނަމަވެސް އައްޒައަށް ފުރުނީ 23 އަހަރެއް ނޫނެވެ. އޭނާއަށް ފުރުނީ 32 އަހަރެވެ. އަހަރުތައް ފާއިތުވެ އުމުރުން ދުވަސްވުން އައްޒަ ނޫނަސް އެކަކަށްވެސް ކަމަކު ނުދާނެތާއެވެ. 

ކަޅުކުލައިގެ ހެދުމެއްގައި އައްޒަހުރި އިރު އަދިވެސް އޭނާ ފެންނަނީ ހަމަ 23 އަހަރުގެ ޒުވާނެއް ފަދައިންނެވެ. 32 އަހަރުވީނަމަވެސް އަދިވެސް ހަމަ ވަރަށް ޒުވާނެއެވެ. 

މި ސެލެބްރޭޝަންގައި އައްޒަގެ ދައްތަ އަދި މަޝްހޫރު ފިލްމީތަރި ރިޝްމީވެސް ބައިވެެރިވެފައިވެއެވެ. 

your imageފޮޓޯ: އިންސްޓަގްރާމް

މި ސެލެބްރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ހަދިޔާތަކަކާއި އެކު ވަރަށް ރީތިކޮށް ތަން ޑެކޮރޭޓް ކޮށްފައިވާތަން ފެނެއެވެ.

9%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
73%
ވަރަށް ސަލާމް
ކޮމެންޓްސް