ads
ދިރާގު ނައުއެމްވީ
ދިރާގުން ރޯދައަށް ހާއްސަކޮށް ނައު އެމްވީގެ އާ ފީޗާއެއް
ދިރާގުގެ ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން "ނައުއެމްވީ" އިން މިފަހަރު ރޯދަ މަހަށް ހާއްސަކޮށް އާ ފީޗާތަކެއް އިތުރުކޮށްފިއެވެ. މި އެޕްލިކޭޝަނުގައި ތަފާތު މުހިންމު އެކި މައުލޫމާތާއި، ދިރިއުޅުމުގެ އެކި ކަންކަމާ ބެހޭ ކޮންޓެންޓުތައް ހިމެނެއެވެ.

މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުރަންޖެހޭ ގިނަ ކަނތައްތައް މި އެޕްލިކޭޝަނުން ކުރެވޭއިރު، ރޯދަ މަހާއި ދިމާކޮށް ތައާރަފުކުރި އާ ފީޗާގެ ސަބަބުން ދީނީ ކަންތައްތައް ފުރިހަމަ ކުރުމަށް ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. 

މި އެޕްލިކޭޝަނުގެ ޒަރިއްޔާއިން ގުރުއާނުގެ ތަރުޖަމާ ކިޔާލެވުމުގެ އިތުރުން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮންމެ ދުވަހެއްގެ އަސުރު ނަމާދަށްފަހު ބާއްވަ ދަރުސް ޕްރޮގުރާމާ ބެހޭ މައުލޫމާތު ކޮންމެ ދުވަހެއްގެ ހެނދުނު މި އެޕްލިކޭޝަނުން ލިބޭނެއެވެ. މި މައުލޫމާތުގެ ތެރޭގައި ދަރުހުގެ މައުލޫއާއި، ތަނާއި ގަޑީގެ އިތުރުން ދަރުސްދެއްވާ ބޭފުޅެއްގެ މައުލޫމާތުވެސް ހިމެނެއެވެ. އަދި މުހިންމު ދީނީ މައުލޫމާތު ފޯރުކޮށްދޭ ވީޑިއޯތައްވެސް މި އެޕްލިކޭޝަނުން ބަލާލެވޭނެއެވެ. 

މީގެ އިތުރުން މި އެޕްލިކޭޝަނުގެ އެހީގައި ފިތުރު ޒަކާތް ދެއްކުމުގެ އިތުރުން މީހުންނަށް ސަދަގާތްކޮށް، މަދަނީ ޖަމިއްޔާތަކަށް އެހީވެސް ފޯރު ކޮށްދެވޭނެއެވެ. "ނައުއެޕްގެ" ޑޮނޭޝަން ބައިން މަދަނިީ އެހީތެރިކަން ފޯރުކޮށްދެވޭނެ ޖަމިއްޔާތައް ފެންނަން ހުރުމުން މިކަމުގައިވެސް ކަސްޓަމަރުންނަށް ފަސޭހަތަކެއް ވެގެން ދާނެއެވެ. 

މި ފީޗާސް ތަކުގެ އިތުރުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ނަމާދު ގަޑިތައް ބަލައި، ނޮޓިފިކޭޝަން ސެޓްކޮށް އަދި ރޯދަ ޓްރެކް ކުރުން ފަދަ ފީޗާތައް ހިމެނެއެވެ. އަދި ރެސްޓޯރެންޓް، ކެފޭގެ ރޯދަ ވިއްލާ މެނޫގެ އިތުރުން ރޯދަ ވިއްލުމަށް ތައްޔާރު ކުރެވޭނެ ތަކެތީގެ ރެސިޕީވެސް މި އެޕްލިކޭޝަނުން ލިބެން ހުންނާނެއެވެ. 

ކުރިއަށް އޮތް ތަނުގައި އަދި މިއަށްވުރެ މާ ފުރިހަމަ ފީޗާތަކަކާއެކު ދިރާގުގެ ހިދުމަތްތައް ތައާރަފު ކުރުމަށް ދިރާގުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް