ads
އިސްރާފު ކުރުމުގެ ބަދަލުގައި ކާނާ ނިކަމެތިންނަށް ސަދަގާތް ކުރޭ
ކޮންމެ އަހަރަކު 1 ބިލިއަން މެޓްރިކް ޓަންގެ ކާނާ އިސްރާފް ކުުރެވޭ ކަން އިނގޭތަ؟
ކައި ނިންމާފަ އުކާލަނީ ކިހާ ކާނާ އެއްކަން އިނގޭ ހެއްޔެވެ؟ އަދި ހަފްތާއެއްގެ މައްޗަށް ތިމާއަށް އިސްރާފް ތިކުރެވެނީ ކިހާ ކާނާއެއް ކަން އިނގޭ ހެއްޔެވެ؟ ޔަގީނުންވެސް ކާނާ ނުލިބޭ މީހުން އުޅޭ ހާލު އެންމެ ދުވަހަކު ތަޖުރިިބާކުރިޔަސް ދެވަނަ ފަހަރަކަށް ކާނާއެއް އިސްރާފެއް ނުކުރާނެއެވެ.

އެކުވެރި ދައުލަތްތަކުން ބުނާ ގޮތުގައި ކޮންމެ އަހަރަކު 931 މިލިއަން މެޓް ޓަންގެ ކާނާ އިސްރާފް ކުރެއެވެ. 

2019 ވަނަ އަހަރު އދ އިން ހެދި ފުޑް ވޭސްޓް އިންޑެކްސް ރިޕޯޓަށް ހެދި ދިރާސާގައި ދުނިޔޭގެ 54 ގައުމުން ބައިވެރިވިއެވެ.  

އިސްރާފު ކުރެވޭ ކާނާގެ 61 އިންސައްތަ އަކީ ގޭބިސީ ތަކުން އުކާލާ ކާނާއެވެ. އަދި 26 އިންސައްތަ ކާނާ އިސްރާފު ކުރަނީ ކެފޭ ރެސްޓޯރަންޓް ތަކުންނެވެ. އޭގެ އިތުރުން ފިހާރަތަކުން 13 އިންސައްތަ ކާނާ އިސްރާފުކޮށްފައިވެއެވެ.

މިވަގުތުވެސް ދުނިޔޭގައި 798,400,000 މީހުުން މާދަމާ ކާން ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތި އެބަ ދިރިއުޅެއެވެ. އޭގެ ތެރެއިން 165،287،000 މީހުންނަކީ ކުޑަކުދިންނެވެ.

ދުނިޔޭގެ އާބާދީގެ 8.9 އިންސައްތަ މީހުން ނުވަތަ 690 މިލިއަން މީހުން ކޮންމެ ރެޔަކު ނިދަނީ ހުސްބަނޑާއެވެ. 2014 ވަނަ އަހަރުން ފެށިގެން ބަނޑުހައިހޫނުކަމުގައި އުޅޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އަދި މިދާ ރޭޓުގަ ދާނަމަ އެއަދަދު 840 މިލިއަނަށް އިތުރުވެގެންދާނެ އެވެ.

ކަން މިހެން ހުރިއިރު ދުނިޔޭގައި މިހާރު އިސްރާފު ކުރާ ކާނާގެ އަދަދަށް މިހާރު ބަނޑުހައިހޫނުކަމުގަ ދިރިއުޅޭ މީހުންގެ ދެގުނަ އަށް ކާންދެވޭނެ އެވެ.

ކޮންމެހެން ވެސް ދެންފަހަރަކު ކައިފަ ތަށިކޮޅުގަ އޮންނަ އެތިކޮޅު އިސްރާފް ކުރުމުގެ ކުރިން އެ އެތިކޮޅު ނުލިބިގެން މަރުވާ ހާލުގަ އެތަށް މިލިއަން މީހުން ދިރިއުޅޭކަން ހަދާންކޮށްލާށެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް