މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓު ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

Advertisement
މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓު ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ"ގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ފިލްމުގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެއެވެ. ތިން މިނެޓުގެ އެ ޓްރެއިލާ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެޓްރެއިލާ ބަލާފައެވެ. އަދި ޓްރެއިލާ ވަރަށް މަޖާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ފިލްމުގައި ފެނިގެންދާ ބައެއް ފަންނާނުންގެ ތެރޭގައި އަނިލް ކަޕޫރާއި އިލިއާނާ ޑި ކުރޫޒް އާއި އަރްޝަދު ވާސީ އާއި ޕުލްކިތު ސަމްރާޓް އާއި އުރްވަޝީ ރައުތޭލާ އާއި ކްރިތީ ހަރްބަންޑާ އަދި ޖޯން އަބްރަހަމް ހިމެނެ އެވެ.
ފިލްމު ނެރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ. ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި މި ފިލްމަކީ މަޖާ ފިލްމެކެވެ. އަދި ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ވެސް ފިލްމުގެ އުފެންދުންތެރިން ވަނީ ބުނެފަ އެވެ.