ads
ޝިދާތާ އަދި ޒިއާއު
އަޅުގަނޑުމެންހާ އުމުރުގެ ތަފާތު ނެތް ކަޕްލްއެއް ވަރަށް މަދުވާނެ: ޝިދާތާ
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި ފިލްމީތަރި އަހްމަދު ޒިޔާއު(ޒިއާ) ކައިވެނީގެ ގޮށް ޖަހާލީ މިއަހަރުގެ ފެބުރުއަރީމަހުގެ 20ވަނަ ދުވަހު އެވެ.

މިއީ މަޝްހޫރު ދެ މީހުންނަމަވެސް ކައިވެނިކުރުމާއި ހަމަޔަށް އެ ގުޅުން އޮތީ މުޅިން ސިއްރުކޮށްފައެވެ. ކުއްލިއަކަށް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކާއިއެކު އާއްމުންގެ ސަމާލުކަން ލިބުނު އެއް ސަބަބަކީ ވެސް މިއެެވެ. 

މިނޫނަސް މިކަމަށް އާއްމުންގެ ސަަމާލުކަން ލިބުނު އެހެން ސަބަބެއްވެސް އެބައޮތެވެ. އެއީ ދެމީހުންގެ އުމުރު ތަފާތުވާނެ ކަމަށް ދެކެވުނު ވާހަކަތަކެވެެ. ޝިދާތާ އާއި ޒިޔާ ކައިވެނި ކުރަންއުޅޭ ކަމުގެ އަޑުތަކާއިއެކު ތުންތުން މަތިން އެންމެ ބޮޑަށް ބަހުސް ކުރެވުނު ކަމަކީވެސް އެެއެވެ. ޝިދާތާ އަށްވުރެ ޒިއާ ކުޑަވާނެ ކަމަށް ގިނަބަޔަކު ބުނަމުންދިއެވެ. 

އެހެންނަމަވެސް ޝިދާތާ މިވަނީ މި ތުންތުންމަތިން އުމުރާއި ގުޅޭގޮތުން ދެކެވުނު ވާހަކަ މުޅިން ދޮގުކޮށްފައެވެ. “ވަގުތު”އަށް ދިން އިންޓަވިއުއެއްގައި ޝިދާތާ ބުނެފައިވަނީ އެދެމީހުންހާ އުމުރުގެ ތަފާތު ނެތް ކަޕްލްއެއް ވަރަށް މަދުވާނެ ކަމަށާއި، ގާތްގަނޑަކަށް އެއް އަހަރެއްގެ ދެ މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ. 

“ވީވާ ބޯން އިން ސޭމް އޭޖްގައި، މަހުގެ ތަފާތެއް އަޅުގަނޑުމެން އުޅެނީ، ޒިޔާ ދޮށީ 10 މަހަށް". ޝިދާތާ ވިދާޅުވެފައިވެެެއެވެ.

އެހެންކަމުން އުމުރުގެ ތަފާތާއި ގުޅޭގޮތުން މި ކަޕްލްއަށް ފާޑުކިޔޭކަށްނެތެވެ. ޝިދާތާ ވިދާޅުވެފައިވަނީ އެދެމީހުން ކައިވެނިކުރީ ކުއްލިއަކަށްވެސް ނޫންކަމަށާއި ކައިވެނި ކުރުމުގެ ކުރިން ތިން ހަަތަރުމަސް ކޮފީތަކުގައިވެސް ހޭދަވި ކަމަށެވެ. އަދި ދެމީހުންގެ އުމުރަކީ “ޑޭޓް” ކުރުމުގައި އިތުރު ވަގުތު ބޭކާރުކުރެވެން ނެތް އުމުރެއް ކަމުން ކައިވެނި ކުރަން ނިންމީ ޒިޔާ އަކީ އޭނާ އެދޭފަދަ ސިފަތަކެއް ހުރި ރަނގަޅު ބައިވެރިޔަކަށް ވުމުން ކަމަށް ޝިދާތާ ވިދާޅުވެއެވެ.

ޝިދާތާ އާއި ޒިޔާގެ ކައިވެންޏަށް މިހާރު ވަނީ ދެ މަސް ވެފައެވެ.

19%
ކަމުގޮސްފި
44%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް