ads
ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ---
ފާޑުކިޔުން ބޮޑުވި ޕެންޝަން ބިލް އަނބުރާ ގެން ގޮސްފި
ފާޑުކިޔުން ބޮޑުވި ޕެންޝަނާ ބެހޭ ބިލް ސަރުކާރުން އަނުރާ ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން ޕެންޝަނާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ސީއެންއެމަށް ވިދާޅުވީ ބިލް އަނބުރާ ނެގުމަށް މަޖިލީހުގެ ރައީސަށް މިއަދު ދަންނަވާފައިވާކަމަށެވެ.

"ބިލް ނެގީ ސަރުކާރުން ބޭނުންވެގެން އިތުރު އިސްލާހުތަކާއެކު ހުށަހަަޅަން ކަމަށް މައުލޫމާތު ލިބިފައިވަނީ. މިހާރު ބިލް ނަގައިފިން،" ޝިޔާން ވިދާޅުވިި އެވެ.

ސަރުކާރުން އެ ބިލް އަނބުރާ ގެންދިޔަ އިރު އެ ބިލް ހުށަހެޅި ބިލާ މެދު ސަރުކާރަށް ތާއިދު ކުރާ އެމްޑީޕީ މެމްބަރުން ވެސް ވަނީ ކަން ޮޑުވުން ފާޅުކުރައްވާފަ އެވެ.

ބިލް ހުށަހެޅުމަށް ސަރުކާރުން ބުނީ ބިލް ހުށަހެޅުމުގެ ބޭނުމަކީ ޒިންމާދާރު ގޮތެއްގައި ދައުލަތާއި މުޖުތަަމައަށް އެންމެ ފައިދާ ހުރި ގޮތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމުގެ އިންތިަޒާމުތައް ހަަމަޖެއްސުން ކަމަށެވެ. ނަމަވެސް އެބިލާއެކު ސިވިލްސާވަންޓުންގެ ކަން ބޮޑުވުން އިންތިހާއަށް ގޮސް އެބިލަށް ފާޑު ކިޔުންވަނީ އިންތިހާއަށް ބޮޑުވެފައެވެ

ސިފައިންނާ ފުލުހުން ފިޔަވައި މިހާރުވެސް ކަސްޓަމްސް ފަދަ ސެމި- މިލިޓަރީ މުއައްސަސާތައް ހުރިއިރު ބައެއް އިދާރާތަކުގެ މުއްދަތުގެ ޕެންޝަން އުވާލަން ހުށަހެޅި އިސްލާހަކީ ހަމަޖެހޭ އިސްލާހެއްތޯ ބައެއް މެމްބަރުން ވަނީ ސުވާލު އުފައްދާފަ އެވެ.

ގިނަ އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކުރައްވާފައިވާ ތިއްބަވާ ބޭފުޅުންގެ އަގު ވަޒަން ނުކޮށް ދޫކޮށްލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބައެއް މެމްބަރުން ވަނީ މަޖިލީހުގައި އެބިލާ މެދު ވާހަކަ ދެއްކެވި ދުވަހު ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް