ads
ރާއްޖެ އައި ބައެއް ފަތުރުވެރިން ޖުމްހޫރީ މައިދާނުގައި--- ފޮޓޯ: ސަން
މި ހަފްތާގެ ތެރޭގައި ތިންވަނަ ފަރުތުވެރިއަކު މަރުވެއްޖެ
ކުޑަ ބަނޑޮހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ކުޑަ ބަނޑޮސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފަތުރުވެރިއަކު ގެނބިގެން މާލެ ގެނެސް އޭޑީކޭ އަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ރޭ 18:17 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެ އެވެ.

އެހާދިސާގައި މަރުވެފައި ވަނީ މަރުވެފައި ވަނީ 58 އަހަރުގެ ރަޝިޔާ އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަދި އެ މައްސަލައާ ގުޅިހެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރަޝިޔާ ފަތުރުވެރިއަކު މަރުވެފައި ވާއިރުގައި މިއަދު ވަނީ ބ.ފޮޅުދޫގައި ފާލަން މަތިން މޫދަށް ފުންމާލި ފަތުރުވެރިއަކުވެސް ވަނީ ހެނދުނު 6:15 ހާއިރުގައި މަރުވެފަ އެވެ.

އަދި މިމަހުގެ 24 ވަނަ ދުވަހު ދިއްފުށީ ފަޅުތެރެއިން އިންޑިއާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އެހެން ކަމުން މިހަފްތާ ތެރޭގައި އެކަނިވެސް ތިން ފަތުުރުވެރިއަކު ވަނީ ގެނބިގެން މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް