ރިޗާޑް މެކްކިނޭ ---
އިސްލާމް ދީނަށް ކުރީ ނަފްރަތު، މިހާރު މުސްލިމެއް!
Share
ހުޅަނގުގެ މީޑިއާގައި މުސްލިމުންގެ ވާހަކަ ގެނެސްދޭ ގޮތުގެ ސަބަބުން އަހަރެމެންގެ ދީނާއި މެދު ވަރަށްބޮޑު ނުބައި މައުލޫމާތުތަކެއް ގިނަބަޔަކަށް ދަސްވެގެން ދެއެވެ. މިއީ އެފަދަ މީހެއްގެ ވާހަކައެވެ. އޭނާ އިސްލާމްދީން ގަބޫލުކުރި ގޮތުގެ ވާހަކައެވެ.
Advertisement

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ރިޗާޑް މެކްކިނޭ އަކީ އެމެރިކާގެ އޮލިމްޕިކް އެތްލީޓެކެވެ. އެގޮތުން އޭނާވަނީ އޮލިމްޕިކް ގޭމްސްގައި ހަތަރު ފަހަރު ވާދަކޮށް، އާޗަރީން ސިލްވާ މެޑަލެއް ހޯދާފައެވެ.

މީގެ އިތުރުން ރިޗާޑް އަކީ ސިފައިންގެ މީހެކެވެ. މެރިން ސާޖަންޓެއްގެ ގޮތުގައި ހުރެ، ވަޒީފާއިން ވަކިވުމުގެ ކުރިން ރިޗާޑް ވަނީ މެދު އިރުމަތީގެ އެކި ގައުމުތަކަށް ދަތުރު ކޮށްފައެވެ. 

ރިޗާޑް ކިޔައިދިން ގޮތުން އޭނާ ސިފައިންގެއަށް ވަތް އިރު އިސްލާމް ދީނަށް ނަފްރަތެއް ނުކުރެއެވެ. ނަމަވެސް އިސްލާމް ދީނަށާއި މުސްލިމުންނަށް ނަފްރަތު ކުރެވެން ފެށުނީ ސިފައިންގޭގައި އުޅުންއިރު ކަމަށް ރިޗާޑް ކިޔައިދިނެވެ.

އެގޮތުން މެދު އިރުމަތީގައި އޭނާ "މިލިޓަރީ ޓުއާ"އަށް ގޮސް ހުރި އިރު ފެނުނު އެކި ކަންކަމާއި، އޭރު އޭނާއަށް އިވުނު އެކި އަޑުތަކުން މުސްލިމުންނާމެދު ނަފުރަތު އުފެދުނު ކަމަށް ރިޗާޑް ކިޔައިދިނެވެ. 

ފަންސަވީސް އަހަރު ސިފައިންގެއަށް ހިދުމަތް ކުރުމަށްފަހު، އެ ވަޒީފާއިން ރިޓަޔާވެ، އާންމު ދިރިއުޅުމަށް ރުޖޫއަ ވި ހިސާބުން، ކަންކަން ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް ރިޗާޑް ކިޔައިދިނެވެ. އެގޮތުން ސިފައިންގޭގައި އުޅުނު އިރު ހުރި ރުޅިވެރިކަން އޭރުވެސް އޭނާގެ ހިތުގައި ހުރި ކަމަށާއި، ފިހާރައަކުން ބުރުގާ އަޅާފައިވާ އަންހެނެއް ފެނުނަސް، އެމީހާ މަރާލަން ބޭނުންވި ކަމަށް އޭނާ ކިޔައިދީފައިވެއެވެ. 

މި ހިޔާލުތަކާއެކު، އޭނާ ދިރިއުޅޭ ސަރަހައްދުގައި ހުރި މިސްކިތެއްގައި މުސްލިމުންތަކެއް މަރާލުމުގެ ހިޔާލެއް ލިބުނު ކަމަށް ރިޗާޑް ކިޔައިދިނެވެ. އެގޮތުން ގޭގައި އަމިއްލައަށް ބޮމެއް ތައްޔާރުކޮށް، އެ ބޮން މިސްކިތައް ގެންގޮސް، މިސްކިތުގައި ބޮން ގޮއްވާލުމަށް ރޭވިން ކަމަށް ރިޗާޑް ކިޔައިދިނެވެ. 

އެގޮތުން އޭނާގެ މި ރޭވުން އެއްވެސް މީހަކަށް ނޭނގޭނެ ކަމަށާއި، އޭނާ އެކަން ރޭވީ އަމިއްލައަށް ކަމަށް ރިޗާޑް ކިޔައިދިނެވެ. އަދި އޭނާއަށް އޭރު ވިސްނުނީ، މިސްކިތެއް ގޮއްވާލުންވާނީ ގައުމަށް ކޮށްދެވޭ ރަނގަޅު ކަމެއް ކަމުގައި ކަމަށް ރިޗާޑް ކިޔައިދިނެވެ.  އަދި އެ ސަރަހައްދު ބަލާ، ހުރިހާ ކަމެއް ރޭވިން ކަމަށާއި، އޭރު އޭނާ އެގޮތަށް ކަންކުރީ ފުލުހުން އޭނާ ހިފެހެއްޓިއަސް ވަރިހަމަ ކަމަށް ނިންމުމަށްފަހު ކަމަށް ރިޗާޑް ކިޔައިދިނެވެ. 

ރިޗާޑްގެ މި ރޭވުންތަކަށް ނިމުމެއް އައީ އޭނާގެ އަނބިމީހާއަށް އޭނާގެ ރެވުންތައް ފަޅާއަރާ، އޭނާގެ އަންހެނުން އޭނާ ފުލުހުންނަށް ރިޕޯޓު ކުރި ހިސާބުންނެވެ. އެއާއެކު އޭނާގެ ރޭވުންނަށް އެމެރިކާގެ އެފްބީއައި އިން ތަހުގީގު ކުރި ކަމަށާއި، ނަމަވެސް އެ މައްސަލައިގައި އޭނާއަށް ދައުވާ ނުކުރާ ކަމަށް ރިޗާޑް ކިޔައިދިނެވެ. 

އޭނާގެ މި ވިސްނުން އެކީ ބަދަލުވެގެން ދިޔައީ، އޭރު ގްރޭޑް ދޭއްގައި ކިޔަވަމުން އައި އޭނާގެ ދަރިފުޅުގެ ސަބަބުން ކަމަށް ރިޗާޑް ކިޔައިދިނެވެ. އެގޮތުން އެއްދުވަހު ސްކޫލުން އައިސް އޭނާގެ ދަރިފުޅުވަނީ އޭނާ ކްލާސް ކުއްޖެއްގެ މަންމަ ބުރުގާ އަޅާފައި ހުންނާތީ އެކަމާ ވާހަކަ ދައްކާފައި ކަމަށާއި، ދަރިފުޅު އެގޮތަށް  ވާހަކަ ދައްކަން ފެށުމުން، އައި ރުޅީގައި ވަރަށް ހަޑިކޮށް ވާހަކަދައްކާ،"ރުޅިގަނޑު ބޭލުން" ކަމަށް ރިޗާޑް ކިޔައިދިނެވެ. 

އެގޮތުން އެފަދަ ބައެއްގެ ކައިރީ ދަރިފުޅު އުޅެން ބޭނުން ނުވާ ކަމަށް ބުނިން ކަމަށާއި، ނަމަވެސް އެކަމާ ދަރިފުޅު ދެރަވެ، އެފަދަ ގޮތަކަށް އޭނާ ވާހަކަ ދެއްކި ސަބަބު ދަރިފުޅަށް ނުވިސްނުމުން، މި ކަމާ ގުޅިގެން ރަނގަޅަށް ވިސްނަން އޭނާއަށް މަޖުބޫރުވި ކަމަށް ރިޗާޑް ކިޔައިދިނެވެ.

ދަރިފުޅު އޭނާއާއި މެދު ދެކޭނެ ގޮތަކާއި މެދު ވިސްނުމަށްފަހު، އިސްލާމް ދީނާއި ގުޅިގެން ރަނގަޅަށް މައުލޫމާތު އެނގިގެން ނޫނީ އޭނާގެ ހިތުގައި އުފެދިފައިވާ ނަފުރަތާމެދު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިސްނި، ދީން އުނގެނުމަށް ނިންމީ އެހިސާބުން ކަމަށް ރިޗާޑް ކިޔައިދިނެވެ. 

އެގޮތުން އޭނާ ދިރިއުޅޭ ސަރަހައްދުގެ މިސްކިތަށް ދިޔައީ އިސްލާމް ދީން އުނގެނުމުގެ ނިޔަތުގައި ކަމަށް ރިޗާޑް ކިޔައިދިނެވެ. އަދި މިސްކިތުން އޭނާއަށް ހަތިމްގެ އިނގިރޭސި ތަރުޖަމާއެއް ދިނުމުން އިތުރު ސުވާލު އުފެދި، ދީނުގައި އެކި ކަންކަމާއި ގުޅިގެން އަމަލު ކުރާ ގޮތް ދަސް ކުރެވެން ފެށުނު ކަމަށް ރިޗާޑް ކިޔައިދިނެވެ. 

އޭގެ ފަހުން މިސްކިތުގައި އޭނާ އަށް ހޭދަކުރެވޭ ވަގުތުތައް އިތުރުވި ކަމަށް ރިޗާޑް ކިޔައިދިނެވެ. އަދި އޭނާގެ ނަފްރަތަކީ ބޭކާރު އެއްޗެއްކަން އެނގި، ދީނަށް ލޯބި ޖެހި، އިސްލާމްކަން ގަބޫލު ކުރަން ނިންމީ ކަމަށް ރިޗާޑް ކިޔައިދިނެވެ. 

މިހާރު ރިޗާޑް އިސްލާމްދީން ގަބޫލު ކުރި ފަހުން މިއަހަރަށް 12 އަހަރު ވާއިރު، އޭނާ އަންނަނީ އެމެރިކާގެ އެކި ހިސާބުތަކަށް ދަތުރުކޮށް، އިސްލާމް ދީނާއި ގުޅިގެން މީހުންގެ ހިތުގައި އުފެދިފައިވާ ނުރަނގަޅު ހިޔާލުތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް