ads
އެޕޯލޯ ހޮސްޕިޓަލުގައި ހިނގައިދިޔަ މާރާމާރީ --- ފޮޓޯ: ހިންދުސްތާނީ ޓައިމްސް
އިންޑިއާގެ ހޮސްޕިޓަލެއްގައި މާރާމާރީ ހިންގައިފި
އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިފައިވާ 60 އަހަރުގެ އަންހެނަކު މަރުވުމުގެ ސަބަބުން މަރުވި މީހާގެ އާއިލާ މެމްބަރުންނާއި އިތުރު މީހުންވެގެން ހޮސްޕިޓަލުގެ އެމެޖެންސީ ޑިޕާޓްމަންޓްގައި މާރާމާރީ ހިންގައިފިއެވެ.
Advertisement

އިންޑިއާގެ ފުލުހުން ބުނާގޮތުގައި ރޭގެ ވަގުތެއްގެ 60 އަހަރުގެ އެމީހާ ހޮސްޕިޓަލަށް ގެނެވިފައި ވަނީ އައިސީޔޫ ގައި އެޑްމިޓް ކުރަން އެނދަކަށް ބޭނުން ޖެހިގެންނެެވެ.

ހޮސްޕިޓަލުގެ މުވައްޒަފުން ބުނިގޮތުގައި، ޕޭޝަންޓަށް ވަނީ އޮކްސިޖަން އާއި އެމެޖެންސީ ފަރުވާ ދެވިފައެވެ. އަދި ހޮސްޕިޓަލުގައި އެކަށީގެންވާ ވަރަށް އައިސީޔޫ އެނދު ނެތުމުގެ ސަބަބުން ޕޭޝަންޓް އެހެން ހޮސްޕިޓަލަކަށް އަވަހަށް ގެންދިއުމަށް ޕޭޝަންޓުގެ އާއިލާ ގާތު އެދުނު ކަމަށްވެސް ބުންޏެވެ.

08:00 ކަންހާއިރު ޕޭޝަންޓް މަރުވުމާ ގުޅިގެން ޕޭޝަންޓްގެ އާއިލާއި އަދިވެސް އިތުރު ބަޔަކު ގުޅިގެންވަނީ އެޕޯލޯ ހޮސްޕިޓަލުގެ އެމެޖެންސީ ޑިޕާޓްމަންޓް ތެރޭގައި ހުރި ސާމާނު ހަލާކުކޮށް މާރާމާރީ ހިންގައިފައެވެ.

09:00 ޖެހިކަންހާއިރު އިތުރު މީހުން ވަނީ ތޫނު ހަތިޔާރު ހިފައިގެން އައިސް ބައެއް މުވައްޒަފުންނަށް އަނިޔާ ދީފަކަމަށާއި އަދި މާރާމާރީ ތެރޭގައި ބައެއް މުވައްޒަފުން ވަނީ ވެއްޓިގެން ބޮލަށް އަނިޔާ ލިބިފަ ކަމަށް ހޮސްޕިޓަލްގެ މުވައްޒަފުން ބުނެފައިވެއެވެ.

އެހެން ނަމަވެސް ހޮސްޕިޓަލުގެ މުވައްޒަފުން ބުނިގޮތުގައި އެއްވެސް މުވައްޒަފަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މާރާމާރީ ހިނގައި ދިއުމުގެ ސަބަބުން، އެމާޖެންސީ ހިދުމަތް ދެ ގަޑިއިރަށް މެދުކަނޑާލަން ޖެހުނު ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މާރާމާރީގެ ހާލަތު ހިފަހަށްޓައި ހުއްޓުމަކަށް އަޢީ މަންޒަރަށް ފުލުހުންނާއި ހޮސްޕިޓަަލުގެ ސެކިއުރިޓީ މުވައްޒަފުން އައުމުންނެވެ.

ޕޭޝަންޓް މަރުވުމާއި ގުޅިގެން އެކަމާ ހިތާމަ ކުރާކަމުގައި ވިޔަސް، ޕޭޝަންޓުގެ އާއިލާއިންނާއި އިތުރު މީހުން ވެގެން ހޮސްޕިޓަލް ތެރޭގައި ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ކޮށްދޭން ވަރަށް ބުރަކޮށް 24 ގަޑިއިރު މަސައްކަތް ކުރަމުންގެންދާ ހޮސްޕިޓަލުގެ މުވައްޒަފުންނާ މެދު ކަންތައް ކުރި ގޮތުގެ ސަބަބުން އެކަމާއި ވަރަށް ބޮޑަށް އާޝޯހުވެ އަންތަރީސް ވާކަމަށް ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައި ލިޔެވިފައި ވެއެވެ.

އިންޑިއާގެ ހޮސްޕިޓަލް ތަކުގައި އޮކްސިޖަންގެ ހިދުމަތާއި އައިސީޔޫ އެނދުތައް މަދުވުމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކުގައި މިފަދަ މާރާމާރީތަކާއި އެހެނިހެން ހަމަނުޖެހުންތައް ހިނގަމުން ދާކަމަށް އިންޑިއާގެ ފުލުހުން ވަނީ ރިޕޯޓް ކޮށްފައެވެ. 

އަދި އެއާއެކު ނިއު ދިއްލީގައި އެއްވެސް ހޮސްޕިޓަލް އެނދެއް ނެތްކަމަށް ވަނީ ހޯމަ ދުވަހުގައި ރިޕޯޓް ކޮށްފައެވެ.   

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް