ads
ތުރުކީ -- ފޮޓޯ: ޓީއާރުޓީ ވޯލްޑް
ތުރުކީ ލޮކްޑައުންއަކަށް
29 އޭޕްރިލް ވާ ބުރާސްފަތި ދުވަހުން ފެށިގެން މޭ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ނުދިއުމަށްޓަކައި މުޅިި ގައުމު ލޮކްޑައުންއަކަށް ދަނީ ކަމަށް ތުރުކީގެ ރައީސް ރިސެޕް ތައްޔިޕް އެރްދޯގަން ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ހެލްތު މިނިސްޓްރީއިން ރިޕޯޓު ކުރާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ތުރުކީއިން ވަނީ 37،312 އާ ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކާއި 353 މަރު ރެކޯޑު ކުރެވިފައެވެ. ތުރުކީއަކީ މުޅި ދުނިޔޭގައިވެސް ހަތަރު ވަނައަށް އެންމެ ކޭސްތައް ގިނަ ގައުމެވެ.

ހޯމަ ދުވަހުގައި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެރްދޯގަން ވަނީ ސިޓީއެއްގެ ތެރޭގައި ދަތުރު ކުރާއިރު ފުލުހުންގެ ހުއްދަ ބޭނުންވާނެ ކަމަށާއި، ސްކޫލްތަކަށް ބަންދުކޮށް އޮންލައިން ކޮށް ތައުލީމް ހާސިލްކުރެވޭނެކަމަށާއި، އަދި ދަތުރުފަތުރު ކުރެވޭނީވެސް ވަކި ހައްދެއްގެ ދަށުން ކަމަށެވެ.

އަދި ޒަރޫރީ ބޭނުންތަކާއި، ބޭސްފަރުވާއަށް ފިޔަވައި އެހެނިހެން އެއްވެސް ސަބަބަކާހުރެ ތުރުކީގެ ރައްޔިތުންނަކަށް ގެއިން ބޭރަށް ނުނިކުމެވޭނެ ވާހަކަވެސް ރައީސް ވަނީ އަންގަވާފައެވެ.

އެހެންނަމަވެސް ކާބޯ ތަކެތި އުފައްދާ ކުންފުނި ތަކުންނާއި އެމެޖެންސީ ހިދުމަތުގެ މުވައްޒަފުންނަށް ބޭރުގައި އުޅުމުގެ ފުރުސަތު އޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް