ފުރަ މާލެއަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސިޓީއެއް ނަަމަވެސް، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ކެނޑިޑޭޓުންނެވެ. އަދި މާލޭ މޭޔަރުކަމުގެ ގޮޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ.މުއިއްޒުއެވެ.
މިކަމާ ގުޅޭގޮތުން ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު މޮސްޓާ ވިދާޅުވީ ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި ރާއްޖެއަށް ބެލި ނަމަވެސް އެމްޑީޕީ ނާކާމިޔާބު ވެފައިވާ ކަަމަށެވެ. އެމްޑީޕީން ކުރިމަތިލީ ދާއިރާތަކަށް ބަލާއިރު ރައްޔިތުން ގިނައިން ވޯޓުދިނީ އެމްޑީޕީއާ ދެކޮޅަށް ކަމަށެވެ.
އޭގެ އިތުރުން އެމްޑީޕީން ދައުލަތުގެ ތެރެއިން ވައްކަން ކުރަމުންދާކަމަށް މެމްބަރު މޮސްޓާ ވިދާޅުވިއެވެ.
މެންބަރު މޮސްޓާ އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކަމެއްގެ ފޯކަސް ގެއްލުވާލުމަށް އެހެން ވާހަކައެއް ފަށާ ބައެއް ކަމަށެވެ. އަދި ބަރުލަމާނީގެ ވާހަކަވެސް ފެށިގެން މިއައީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.