ads
ފޮޓޯ---
ރިތޭޝް ޕްރިތީ އަތުގައި ބޮސްދިނުމުން ޖެނީލިއާ ރަތަށް
ރިތޭޝް އާއި ޖެނީލިއާގެ ލޯބީގެ ވާހަކައަކީ ގިނަ ބަޔަކަށް މަޝްހޫރު ވާހަ އެކެވެ. އެމީހުންގެ ނަކީ ލޯބީގެ މިސާލު ގިނަ ބަޔަކު ނަގާ ދެމަފިރިން ނެވެ.
Advertisement

ޖެނީލިއާ ވަނީ ދާދިފަހުން އޭނާގެ އިންސްޓާގްރާމްގައި ޓިކްޓޮކެއް ޕޯސްޓުކޮށްފަ އެވެ. އޭގައި އިވެންޓެއްގެ ތެރެއިން ރިތޭޝް ޕްރިތީގެ އަތުގައި ބޮސްދޭ އިރުގައި ޖެނީލިއާ ފޫހިވެފައި ހުންނަތަން ފެނެ އެވެ.

އަދި އޭނާ ވަނީ އެ ވީޑިއޯއާއެކުގައި ދެމީހުން ގެއަށް އައުމަށް ފަހުގައި ކަން ހިނގި ގޮތް އިނގޭތޯ ސުވާލުވެސް ކޮށްފަ އެވެ.

އެވީޑިއޯއިން ފެންނަގޮތުގައި ގެއަށް ދިއުމުން ޖެނީލިއާ ރުޅި އައިސް ހުރެ ރިތޭޝް "ހޭ އަރުވާލަ" އެވެ.

އެ ޓިކްޓޮކަށް ވަރަށް ގިނަ ބަޔަކު ވަނީ ކޮމެންޓުވެސް ކޮށްފަ އެވެ. އަދި އެ ވީޑިއޯ މަޖާ ވާހަކަވެސް ދައްކާފައި ވެއެވެ.

ޕްރިތީވެސް ވަނީ އެ ވީޑިއޯ އޭނާގެ އިންސްޓާގްރާމްގައި ހިއްސާކޮށްފަ އެވެ. އަދި ރިތޭޝް އަދި ޖުނޭލިއާ ވަރަށް ލޯބި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ރިތޭޝް އާއި ޖެނީލިއާ އެއް އަހަރު ރަށްޓެހިވެގެން އުޅުމަށް ފަހުގައި ކައިވެނިކޮށްފައި ވަނީ 2012 ވަނަ އަހަރުގަ އެވެ. އަދި އެމީހުންގެ ކައިވެންޏަށް މިހާރު ވަނީ ލޯބި ލޯބި ދެ ފިރިހެން ކުދިން ވެސް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް