ads
ފޮޓޯ--ދިރާގު
މިރޭ 12 އިން ފެށިގެން ދިރާގު ހިދުމަތް މެދުކެނޑިދާނެ
މިރޭ ދަންވަރު 12 އިން ފެށިގެން މާދަމާ ހެނދުނު ހަތަކާ ދެމެދު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކްގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިރޭ 12 އިން ފެށިގެން މާދަމާ ހެނދުނު ހަތަކާ ދެމެދު ކުރިއަށްދާނެ ކަމަށެވެ. 

އެހެން ކަމުން މި މަސައްކަތް ކުރިއަށްދާ ވަގުތުގައި ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ބޭނުން ކުރާ ކަސްޓަމަރުންގެ ހިދުމަތް 10 މިނެޓާ 30 މިނެޓާ ދެމެދުގެ ވަގުތަކަށް މެދު ކެނޑިދާނެ ކަމަށް ދިރާގުން ބުނެއެވެ. 

އަދި މިކަމުގެ ސަބަބުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ނެޓްވޯކް ބޭނުން ކުރާ ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ މާފަށް އެދިފައެވެ. 

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް