ads
އާޝާ، ޖުމާ، ޝިފާ——
ޖުމާހު އާއިއެކު އުޅެގެން އާޝާ އަކަށް އަސަރުކުރާކަށް ނުޖެހޭނެ: ޝިފާ
ޓިކްޓޮކުން މަޝްހޫރުވި ތަރި ޝިފާ އާއި އާޝާ ޓިކްޓޮކުގައި މީގެ ކުރިން ފެނިގެންގޮސްފައިވަނީ ވަރަށް ގާތް ދެ ރައްޓެހިން ގޮތަށެވެ. އެކީގައި ޓިކްޓޮކްތައްވެސް ކުޅެފައި އެބަހުއްޓެވެ.
Advertisement

އަދި ޝިފާވެސް ޓިކްޓޮކްގައި ފެންނަނީ މަޑުމައިތިރި “ހަޖަމް” ކުރާ ޓައިޕު މީހެެއްގެ ގޮތަށެވެ. ޓިކްޓޮކް ވީޑިއޯތަކަށް ބަލައިލީމަވެސް މީހުން ކިޔާ ފާޑުކިޔުންތަކަށްވެސް “ބަަލައިގަނެވޭނެ”މިގޮތައް ޖަވާބުދީފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. 

އެހެންނަމަވެސް މިއީ އަސްލު ހަގީގަތެއް ނޫންކަން މިއެގުނީ ޓީވީ އަކުން ގެނެސްދިން ރިއާލިޓީ ޝޯއެއްގެ ތެރެއިންނެވެ. 

އަމިއްލައަށް ކައްކާގެން ބޮޑު ފަޅުރަށެއްގައި ޓާސްކުތަކަކާއިއެކު ގުރޫޕްތަކުގެ މެދުގައި ވާދަކުރާގޮތަށް އަމިއްލައަށް ސަވައިވް ވާންވެެސް ޖެހޭ އެ ޝޯގައި އާޝާ ފެންނަނީ ހަމަ ވަރަށް މަޑުމައިތިރި މީހެއްގެ ގޮތުގައެވެ. އެހެންނަމަވެސް ޝިފާގެފެންނަނީ މުޅިން އެހެން ސިފައެކެވެ. މީގެ ކުރިން ފޭނުންނަށްވެސް ފެނިފައިނުވާ އަސްލު ސޫރަ މިކަހަލަ ޝޯތަކުން ފެނިގެންދާއިރު އެ ޝޯގައި ބައިވެރިވާ އިތުރު ސެލެބްރިޓީންގެ ވެސް އަސްލު ހަގީގީ ސިފަ ދަނީ ނިއުޅެމުންނެވެ. 

މީގެ ތެރެއިންވެސް އެންމެ “ހައިޕާ” ކޮށް ފެންނަނީ ޝިފާއެވެ. ރޭ މި ޝޯގެ ތެރެއިން ފެނުނީވެެސް މިފަދަ މަންޒަރެކެވެ. ޓާސްކުގެ ތެރެއިން އާޝާގެ ބައިވެރިޔާ މަނިކު ފައިކެޑި ވަރަށް ބޮޑަށް ޒަހަމުވުމުން އަމިއްލައަށް ގިނަ ކަންތައް ނުކުރެވެއެވެ. ރަށަކީ ފަޅު ރަށެއް ކަމުން ކާންޖެހެނީ އަމިއްލައަށް އެ މާހައުލުން އެއްޗެހި ހޯދައިގެންނެވެ. މަނިކުއަށް މިކަންކަން ނުވާތީ ދެމީހުން ބަނޑަށް ނުބައިތިއްބަން ޝިފާގެ ޕާޓުނަރު އާނަންދު އެމީހުންނަށް އެހީވެދޭތަން ފެނެއެވެ.
މިކަންވީ ޝިފާ މާ ގަޔާވާ ކަމަކަށް ނޫނެވެ. ޝިފާ ބުނަނީ އާނަންދު އެހީވެދޭން، އަދި ލޯބޯކޮށައިގެން އެމީހުންނަށް ކާންދޭން ދާކަށް ނުޖެހޭނެ ކަމަށެވެ. “ކާނެގޮތެއް ހޯދައިގެން އެމީހުންވެސް ކާނެ”ކަމަށާއި “ބަނޑަށް ތިބެންޏާ ބަނޑަށް ތިބެންވީ” ކަމަށްވެސް ޝިފާ ބުނެއެވެ. އަދި “މަރުވަންޏާ މަރުވާންވީ” ކަމަށްވެސް ޝިފާ ބުނެއެވެ. 

އާޝާ އާއި ޝިފާގެ ޒުވާބު ފެށެނީ އާނަންދު ބަލައި ޝިފާ އަންނަ ހިސާބުންނެވެ. އާޝާ ބުނަނީ ޕާޓުނަރު ފެނުނީ އަދި ކިރިޔާ ކަމަށެވެ. އަދި މިޔޮށް ހުރިހާއިރު ޕާޓުނަރު ކޮބޯތޯ އާޝާ ވަނީ ޝިފާކުރެން އަހާފައެވެ. ދެން ޝިފާ ބުނާ އަޑުއިވެނީ އާޝާގެ ޕާޓުނަރާއިއެކު އާޝާ އުޅެންވީ ކަމަށެވެ. ކަންތައް ބޮޑުވަންޏާ އެކަމަށް އެއްޗެއްް ބުނާނީ އާނަންދުކަމަށެވެ. އެޔަށްފަހު އާޝާ ވަނީ އާނަންދުކުރެ “ޝިފާ އާނަންދު ބަހައްޓާފައި ޖުމާ ގޮވައިގެން” އުޅޭވާހަކަ ދިމާލަށް ބުނުމަށް ތަކުރާރުކޮށް އެދިފައެވެ. އަދި ބުނަން ނުކެރެނީ ކީއްވެތޯ ސުވާލުކުރާ އަޑުއިވެއެވެ.

ދެން ޝިފާ ވަނީ “ ޖުމާހު އާއިއެކު އުޅެގެން އާޝާ އަކަށް އަސަރުކުރާކަށް ނުޖެހޭނެ”އޭ އާޝާއަށް ދިމާލަށް ބުނެފައެވެ. އޭގެފަހުން އާޝާ ބުނާ އަޑުއިވެނީ އެކަންތައް ބޮޑުވަނީ އޭނައަށް އެކަނި ނޫންކަމަށެވެ. އެޔާއިއެކު ޒުވާބުގަނޑު ބޮޑުވެ، ޝިފާ އާޝާގެ ގަޔަށް އަތްލާ މަންޒަރުވެސް ފެނެއެވެ. އަދި ދެމީހުން ޒުވާބުކޮށް ގަތްއަތްލާ ހިސާބަށް ދިޔުމުން ޝިފާ ހުއްޓުވަން އާނަންދު ވެސް މަނިކުވެސް މަސައްކަތްކުރާތަން ފެނެއެވެ. 

އެހެންނަމަވެސް ފަހުންވެެސް މި ޒުވާބުގަނޑު ވަނީ ކުރިއަށް ގެންގޮސްފައެވެ. ޝިފާއަށް މައްސަލައަކަށްވީ އާނަންދު މަނިކުއާއި އާޝާއަަށް އެހީވެދޭތީއެވެ. އަދި އާޝާ އަށާއި މަނިކު އަދި އާނަންދު އަށް މައްސަލައްކަށް ވަނީ ޝިފާގެ ޕާޓުނަރަކީ އާނަންދު ނަމަވެސް ޝިފާ ޖުމާ އާއެކު އަބަދު އުޅޭތީއެވެ.

މީގެ ކުރިންވެސް ޝިފާއާއި އާޝާވަނީ އެހެންކަމެއްގައިވެސް ހަމަ އެޝޯގެ ތެރެއިން ޒުވާބުކޮށްފައެވެ. އަދި ޝޯގެ ތެރެއިން މީހަކު އެއްޗެއް ބުނާއިރަށް ޝިފާ ހައިޕާވާތީ ޝިފާ އަކީ މާ މަތީގަ އުޅޭ މީހެކޭ ވެސް މަޝްހޫރު އެކްޓަރު މަނިކުވެސް ވަނީ ބުނެފައެވެ. އެކަމަށް ޝިފާ ބުނީ އޭނާއަކީ އެފެންވަރު ހުރި މީހެއް ކަމަށެވެ. މަތީގައި އުޅެނީ އެހެންވެކަމަށާއި އޭނާއަކީ ލައްކައެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ ލައްކައިން އެކަތިކަމަށްވެސް ބުނެފައިވެއެވެ. އެކަން އޭނާއަށް ޔަގީންވާ ކަމަށްވެސް ބުނެފައިވެެއެވެ.

ކޮންމެއަކަސް މިއީ ޝިފާގެ މުޅިން ތަފާތު ސިފައެކެވެ. ފޯނުގެ ސްކްރީނުން ފެންނަ އެއްޗަކީ މުޅިން ހަގީގަތެއް ނޫންކަމަށް ބުނަނީ އެހެންވެތާއެވެ. މޫހާގެ އަސްލު ސޫރަ މިފެންނަނީ މިކަހަލަ ހަގީގީ ދިރިއުޅުމުގެ ސީންތަކުންތާއެވެ.

14%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް