ads
ދައުރުވަމުންދާ ވީޑިއޯއެއްގެ ސްކްރީން ޝޮޓްއެއް
އިންޑިޔާގައި ކޮވިޑްގެ ފަރުވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަނީ!
އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކުން މައްޗަށެވެ.

ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމައިގާއި، އިންޑިއާގެ އާބާދީގެ ނިސްބަތަށް ބަލާފަ، ބޭސްފަރުވާ އަށް ބޭނުންވާ ސާމާނު ދަނީ މަދުވަމުންނެވެ. މީގެ ތެރޭގައި، އޮކްސިޖަން ހިމެނެއެވެ. މިއާއެކު، އިންޑިއާގައި އޮކްސިޖަން މަދަުވުމުގެ ސަބަބުން އެތައް މީހެއްގެ ފުރާނައަށް ނުރައްކާވެ އާންމުންގެ ތެރޭގައި އޮކްސިޖަންއާ ބެހޭ ދޮގު މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

ދާދި ފަހުން އިންޑިއާގައި ދަނީ ވީޑިއޯ އެއް ދައުރުވަމުންމެވެ. މި ވީޑިއޯގައި އިންޑިއާ ޑޮކްޓަރަކު ބުނެފައިވާ ގޮތުގައި ޕޭޝަންޓުގެ އެތެރެ ހަށްޓައް ބޭސް ސްޕްރޭ ކުރަން ބޭނުންކުރާ ސާމާނެއް ކަމަށްވާ، ނެބިއުލައިޒަރަކީ އޮކްސިޒަން ސިލިންޑަރެއްގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ބުނެފައިވެއެވެ. ފޭސްބުކް، ޓްވިޓާ އަދި ވަޓްސްއެޕް ގައި ދައުރުވަމުންދާ މި ވީޑިއޯގައި، ނެބިއުލައިޒަރުން މުޅި ތިމާވެށްޓަށް ފުދޭވަރަށް އޮކްސިޖަން ލިބޭނޭ ކަމަށްވެސް މި ޑޮކްޓަރު ބުނެފައިވެއެވެ. ވީޑިއޯ ފެންމަތިވުމާ ގުޅިގެން، އެ ޑޮކްޓަރު ވަޒީފާ އަދާކުރަމުން ގެންދިޔަ ހޮސްޕިޓަލުން ވަނީ އެ ޑޮކްޓަރު އެ ވީޑިއޯގައި ބުނެފައިހުރި ވާހަކަތައް ދޮގުކޮށް ސައިންސުވެރިންގެ ދިރާސާގެ އަލީގައި އެކަމާ ދެކޮޅު ހަދާފައެވެ. ސައިންސުވެރިންނާއި ބޭސްވެރިކަމުގެ މާހިރުން ބުނާގޮތުގައި، ނެބިއުލައިޒޭޝަނަކީ އެއްގޮތަކަށްވެސް އެތެރެ ހަށީގައި އޮކްސިޖަން އާލާކުރުމަށް އެއްވެސް ގޮތަށް މަސައްކަތް ކުރާ އުކުޅެއް ނޫނެވެ. ވީޑިއޯއާއި ދެކޮޅަށް ވާހަކަ ދެކެވެން  ފެށުމުން ޑޮކްޓަރު ވަނީ، އޭނާ ބުނެފައިވާ ބަސް އެންމެނަށް އޮޅިފައިވާ ކަމަށް ދަައުވާ ކޮށްފައެވެ. އެހެން ނަމަވެސް އޮޅިފައިވާ ތަންކޮޅާއި އިތުރު އެއްވެސް ތަފްސީލެއް އެ ޑޮކްޓަރު ދީފައެއް ނެތެވެ. 

އިންޑިއާގެ ގިނަ މީހުން ދެކޭ ގޮތުގައި ފަތް ޕިލާވެލީގެ ބޭސްވެރިކަމަކީ ގިނަ ބަލިތަކަށް ޝިފާ ހޯދާދޭ ކަމެކެވެ. މިގޮތުން އިންޑިއާގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮވިޑް-19 އާއި ދެކޮޅަށް ފަތްޕިލާވެލީގެ ބާވަތްތައް މަސައްކަތްކުރާނޭ ކަމަށް ދައުވާ ކުރާ އެތަކެއް ވީޑިއޯތަކެއް ދަނީ ދައުރުވަމުންނެވެ. އެގޮތުން ކަމްފޯއާއި، ކަރަންފުލާއި، ކަރޮމް އޮށާއި އަދި އިއުކެލިޕްޓަސް ތެޔޮ އެއްކޮށްގެން ބޭނުންކުރުމަކީ ކޮވިޑް-19 އާއި ދެކޮޅަށް ދިފާއީ ބާރު ވަރުގަދަކޮށްދޭ ކަމެއް ކަމަށް ދެކެވޭ ވާހަކައަކީ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑީއާ ދޮގު މައުލޫމާތެކެވެ. ސައިންސުވެރިންގެ ދިރާސާއިން ދައްކާގޮތުގައި، ފަތްޕިލާވެލީގެ ފުށުން ކޮވިޑާއި ދެކޮޅަށް އެއްވެސް ދިފާއީ ބާރެއް ނުދެއެވެ. އަދި ކަމްފޯ އަކީ އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އިން ދައްކާގޮތުގައި، މީހާގެ އެތެރެ ހަށްޓަށް ނޭދެވޭ އަސަރުތަކެއް ކުރާ މާއްދާއެކެވެ.

އިންޑިއާގެ ސިޔާސީ ދާއިރާގައި އުޅޭ ވިޔަފާރިވެރިއެއް ކަމަށްވާ ވިޖޭ ސަންކެޝްވަރު ބުނެފައިވާ ގޮތުގައި ނޭފަތަަށް ދެ ތިކި ލުނބޯ ޖެހުމުން އޮކްސިޖަން އާލާވާވަރު ގިނަވާނެއެވެ. އިތުރު ތަފްސީލަށް ދަމުން، އޭނާއާއި އިތުރު މީހަކުގެ ނޭފަތަށް ލުނބޯ ދެތިކި ޖެހުމުގެ ސަބަބުން، އޮކްސިޖަން ލެވެލްސްތައް ވަނީ 88 ޕަސަންތުން 96 ޕަސަންޓައް އިތުރުވެފައިކަމަށް އޭނާ ބުނެފައިވެއެވެ. އަދި އެއާއެކު، އިންޑިއާގައި އޮކްސިޖަން މަދުވުމުގެ މައްސަލައި ގެ 80 ޕަސަންޓު ލުނބޯ ބޭނުންކޮށްގެން ހައްލު ކުރެވޭނެ ކަމަށް އޭނާ ދައުވާ ކުރިއެވެ. އެހެންނަމަވެސް، ލުނބޮލުން އޮކްސިޖަން އިންސާނާގެ ހަށިގަނޑު ތެރޭގައި އާލާވާނޭ ކަމަށް ދައްކާ އެއްވެސް ދިރާސާއެއް ހެއްކެއް މިހާތަނަކަށް ދައްކާފައެއް ނުވެއެވެ. 

އިންޑިއާގެ އެންމެ މަޝްހޫރު ގުރޫ، ބާބާ ރާމްދޭވް ވަނީ ނޫސް މަޖައްލާތަކާއި އޭނާގެ ޔޫޓިއުބް ޗެނަލްގައި އޭނާ ދައުވާ ކުރާ އޮކްސިޖަން ގިނަ ކުރުމުގެ ފަރުވާއެއް ކިޔައިދޭ ވީޑިއޯއެއް އަޕްލޯޑް ކޮށްފައެވެ. އޭނާ ބުނާގޮތުގައި ވަކި ގޮތަކަށް އިށީނދެގެން އިނދެގެން ނޭވާގެ ކަސްރަތުތައް ކުރުމުން އޮކްސިޖަން ލެވެލްތައް އިތުރުވެގެންދެއެވެ. ޔޯގާއަކީ މީހާގެ ސިއްހަތަށް ރަނގަޅު ކަމެއް ކަމުގައި ވިޔަސް، ކޮވިޑް-19 ކަހަލަ ސީރިއަސް ބައްޔެއްގައި ފަރުވާ ކުރުމަށްޓަކައި ހިޔާރުކުރަން އެންމެ ރަނގަޅު ގޮތަކީ ހަމަ މެޑިކަލް އޮކްސިޖަން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް