ads
ދަރިވަރުންތަކެއް އިމްތިހާނު ހޯލެއްގައި--
އޭލެވެލް އިމްތިހާނު މާދަމާއިން ފެށިގެން ކުރިއަށް ނުދާނެ: އެޑިއުކޭޝަން
މިހާރު ކުރިއަށްދާ އޭލެވެމް އިމްތިހާނު މާދަމާއިން ފެށިފެން ކުރިއަށް ނުދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެކަން ހާމަކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލްވުމެއްގައެވެ. 

އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޭލެވެލްގެ ޕޭޕަރެއް މިނިސްޓްރީއަށް ލީކުވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން އެދުވަހު އެޑެކްސެލްއާ މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެޑެކްސެލްއާއި ކުރެވުނު މަޝްވަރާގައި އެމުވައްސަސާއިން ބުނީ އަސްލު ޕޭޕަރު ލީކްވިކަން ޔަގީން ކުރަން އެމީހުން ބޭނުންވި ކަމަށް ކަމަށެވެ. އަދި އެޑެކްލެސުން ވަނީ ދެ ޕޭޕަރެއް ލީކުވި ކަމަށް އަނގާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން އިތުރު ޕޭޕަރެއް ލީކު ނުވާނެ ކަމުގެ ޔަގީންކަން ވެސް ދިން ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

ނަމަވެސް މިއަދު ކުރިއަށް ދިޔަ ކެމިސްޓްރީ ޕޭޕަރު ލީކުވުމާ އެކުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އެޑެލްސެލްއާ މަޝްވަރާ ކުރުމަށްފަހުގައި މިހާރު ކުރިއަށްދާ އޭ ލެވެލް އިމްތިހާނު މާދަމާއިން ފެށިގެން ކުރިއަށް ނުގެންދާން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެޑެކްސެލްއާއި މަޝްވަރާކުރުމަށްފަހު، އެޕްރީލް/މޭ ގެ އޭލެވެލް އެގްޒާމް ސެޝަންގައި ބައިވެރިވާ ދަރިވަރުންނަށް ދެ ގޮތެއް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.

އޭގެ ތެރެއިން އެއްގޮތަކީ އެ ދަރިވަރުން ބޭނުންނަމަ މި ސީރީޒްއިން ވަކިވެ، އޮކްޓޯބަރ/ނޮވެމްބަރ ސީރީޒަށް ދިއުމެވެ. އަދި ދެވަނަ ގޮތަކީ އެޕްރީލް/މެއި ގައި ޓެސްޓް ހެދުމަށްފަހު ކިޔެވުން ނިންމާލަން ބޭނުންވާ ދަރިވަރުންނަށް ޓީޗަރ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައެޅުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް