އިންޑިއާގައި ޕޭޝަންޓަކާއެކު ވޯކަރުން --- ފޮޓޯ: އޭބީސީ ނިއުސް
އިންޑިއާގައި ޑެއިލީ ކޭސްތައް މަދުވާން ފަށައިފި
Share
މެއި މަހުގެ ދެވަނަވީ އާދީއްތަ ދުވަހު، އިންޑިއާގެ މަހާރަޝްތާގައި ޑެއިލީ ޕޮޒިޓިވް ކޭސްތައް އަރާ މިންވަރު ދަނީ ހަލުވި ގޮތަަކަށް ދަށްވަމުންކަމަށާއި ކެރަލާ، ދިއްލީ، އުއްތަރު ޕްރަދޭޝް އަދި ކަރްނަޓަކާގައިވެސް ޑެއިލީ ޕޮޒިޓިވް ކޭސްތައް އިތުރަށް ގިނަ ނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާފިއެވެ.
Advertisement

އިތުރު ތަފްސީލަށް ބަލާލާއިރު، އާދީއްތަ ދުވަހު އިންޑިއާއިން ރިޕޯޓުކޮށްފައިވަނީ 3.68 ލައްކަ ޕޮޒިޓިވް ކޭސްއެވެ. މިއީ ހުކުރު ދުވަހު ރިޕޯޓުކުރެވުނު 4.01 ލައްކަ ކޭސްތަކާއި ހޮނިހިރު ދުވަހު ރިޕޯޓުކުރެވުނު 3.92 ލައްކަ ކޭސްއާއި ބަލާފައި ވަރަށް ބޮޑުތަން ދަށްކަމަށް ފާހަގަ ކޮށްލެވެއެވެ.

އެހެން ނަމަވެސް، ޑެއިލީ ޕޮޒިޓިވް ކޭސްތައް އެހާ ބޮޑުތަން ވެއްޓިފައިވާ މައިގަނޑު ސަބަބު ކަމަށް ބޮޑަށް ޝައްކު ކުރެވެނީ އާދީއްތަ ދުވަހު ޓެސްޓު ކުރި މީހުންގެ އަދަދު މަދުވުމެވެ. ސަބަބަކީ، އާންމުކޮށް ދުވާލަކު 18 ނުވަތަ 19 ލައްކަ ސާމްޕަލް ނަގާ ހިނދު، އާދީއްތަ ދުވަހު ނަގައިފާވަނީ 15 ސާމްޕަލެވެ. 

އާންމު ގޮތެއްގައި އެއްދުވަހެއްގެ ޕޮޒިޓިވް ކޭސްތައް މަދުވެއްޖެނަމަ، އަނެއް ދުވަހު ބޮޑުތަނުން އިތުރުވެއެވެ. ސަބަބަކީ ބައެއް ޓެސްޓް ރިޕޯޓުތަައް އާންމުކޮށް ލިބޭނީ ޖެހިގެން އޮތް ދުވަހުގައި ކަމަށްވާތީއެވެ. 

އާދީއްތަ ދުވަހު، ދިއްލީއިން 407 މީހުން ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވާކަމަށް ރެކޯޑު ކުރެވިފައިވެއެވެ. 

އިންޑިއާގައި ހަމައެކަނި ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދަނީ އަންދްރާ ޕްރަދޭޝްގައެވެ. އެއީ އާދީއްތަ ދުވަހު 24،000 ކޭސްއެވެ. އެއީ އޭގެ އެއްދުވަސް ކުރިއާ ބަލާފަ 4500 އިތުރު ކޭސްއެވެ.  

14%
ކަމުގޮސްފި
71%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް