ސޯޝަލް މީޑީއާއާއި ޓީވީއިން ގައުމުގެ ހާލަތު ބަލަންޖެހުމުން އުނދަގޫ ވާ ކަމަށާއި އޭގެ ސަބަބުން ކަޕޫރް ގެ ހިތް ހަލާކުވާ ކަމުގެ އިހުސާސް އޭނާ ވަނީ ފާޅުކޮށްފައެވެ.
ކަޕޫރް ބުނެފައިވަނީ، އިއްޔެގެ ވަގުތެއްގައި އޭނާގެ ރަށްޓެއްސެއްގެ އެއްބަނޑު އެއްބަފާ މީހެއް ހޮސްޕިޓަލުގައި ބޭއްވުމާއެކު އަނެއް ދުވަހު ހަވީރު އޭނާ ދުނިޔެ ދޫކޮށް ގޮސްފާވާކަމަށެވެ. އެކަމާ ހެދި ހިތާމަ ފާޅުކުރާ ކަމަށާއި އަދި މަރުއައިސް އެހާ ފަސޭހައިން ފުރާނަަތައް ގެންދަމުންދާތީ އެކަމާ ބިރުގަންނަ ކަމަށްވެސް ކަޕޫރް ބުނެފައިވެއެވެ.
ކަޕޫރް ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިފުޅު އަދި މަޝްހޫރު ބޮލީވުޑް ތަރި، ޝްރައްދާ ކަޕޫރު ވަނީ ވަރަށް ފަހުން އިސްރާއީލުން އެނބުރި އައިސްފައެވެ. އަދި އިސްރާއީލުގައި 85 ޕަސަންޓުން 90 ޕަސަންޓާއި ދެމެދުގެ އާބާދީ ވެކްސިން ޖަހައިފާ ވާތީ އެގައުމުގައި އެއްވެސް މީހެއް މިހާރު މާސްކް ނާޅާ ކަމަށް ޝަކްތީ ކަޕޫރް ބުނެފައިވެއެވެ.
އެހެންނަމަވެސް، ކަޕޫރް ދެކޭގޮތުގައި ކޮވިޑާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި އެތަކެއް ދެކޮޅުވެރިކަންތައް އެބަހުއްޓެވެ. މީގެ ތެރޭގައި، އިންޑިއާގެ ރައްޔިތުން ގެންގުޅޭ ވިސްނުން އޭނާ ފާހަގަ ކޮށްފައި ވެއެވެ.
އަދި މިފަދަ ދަނޑިވަޅެއްގައި އިންތިހާބުތައް ބާއްވާތީ ކަޕޫރް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.