ads
ހާންދޭ--އެހާރާ މިހާރު
ހާންދޭގެ ކުޑައިރުގެ ފޮޓޯއެއް ދެކުނިންތަ؟
ހާންދޭ އާރްޗަލް ގިނަ ބަޔަކަށް މަޝްހޫރުވެފައި ވަނީ ހަޔާތްގެ ނަމުން ނެެވެ. "އިޝްކް ލަފްތަން އަންލަމާޒް" ސީރީޒުން ހާންދޭ ބެލުންތެރިންގެ ހިތްތައް އަތުލާފައި ވާއިރު އޭނާ މިހާރު މަޝްހޫރު ގިނަ ސީރީޒްތަކުން ފެނެއެވެ.

ހާންދޭ ވަނީ އޭނާ ވަރަށް ކުޑައިރު އެންޓަޓެއިންމެންޓް އިންޑަސްޓްރީއާ ގުޅިފައެވެ. އެގޮތުން 2012 ވަނަ އަހަރު އޭނާވަނީ މިސް ޓާކީގެ ޝަރަފުވެރި ލަގަބުވެސް ހޯދާފަ އެވެ. އެ ކާމިޔާބީ ހާންދޭ ހޯދާފައި ވަނީ އޭނާއަށް އެންމެ 16 އަހަރުގަ އެވެ.

މިސް ޓާކީގެ ޝަރަފުވެރި ލަގަބު ކާމިޔާބު ކުރުމަށްފަހުގައި ހާންދޭގެ ދެން އުންމީދުކުރަމުން ދިޔައީ މިސް ޔުނިވާސްގެ ލަގަބު ހޯދުމެވެ. ނަމަވެސް އޭނާ ވަނީ އެ މުބާރާތުން ލިބުނީ ރަނަރަޕް އެވޯޑް އެވެ.

ހާންދޭ އޭނާގެ މޮޑަލިން ކެރިއާގެ އިތުރުން އެކްޓިން ކެރިއަރުގަވެސް ވަރަށް ގިނަ އެވޯޑްތަށް ހޯދާފައި ވެއެވެ. ހާއްސަކޮށް ހަޔާތުގެ ރޯލުން އޭނާއަށް ވަނީ ބެސްޓް އެކްޓަރެސްގެ އޮވޯޑްވެސް ލިބިފަ އެވެ.

your imageހާންދޭ--

އޭނާއަށް މިހާރު 27 އަހަރު ވެފައިވާއިރު ހާންދޭ އޭނާގެ ފުރާވަރުގެ އަހަރުތަކުގައިވެސް އެހާ ނަލަ އެވެ. ހާންދޭގެ ފޭނުންވެސް އެކަމަށް އެއްބަސް ވެއެވެ.

ހާންދޭ ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ވެސް ޒިއާރަތް ކޮށްފަ އެވެ. ރާއްޖޭގައި ދެ ހަފްތާ ހޭދަކުރުމަށް ފަހު އޭނާ ވަނީ މިހާރު އެނބުރި ތުރުކީއަށް ގޮސްފަ އެވެ.

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް